ޕަދްމާ ސްރީގެ އެވޯޑް ލިބުމާއި ގުޅިގެން ބޮލީވުޑްގެ ގިނަ ތަރިންތަކެއް ކަރަން ޖޯހަރް އަށް ތަހުނިޔާ ކިޔަމުން އެބަގެންދެއެވެ. އެވޯރޑް ލިބުމުން އޭނާ ކޮށްފައިވާ އިންސްޓާގްރާމް ޕޯސްޓަށް ގިނަ ތަރިން ތަކެއް ވަނީ މަރުހަބާ ކިޔަމުން ކޮމެންޓް ކޮށްފައިވެއެވެ. އެ ގޮތުން މަލިކާ އަރޯރާ، ރަންވީރު ސިންގް، މަދޫރީ ދިކްސިތް، ޓައިގާ ޝްރޯފް، ދިއާ މިރްޒާ އަދި އަނިލް ކަޕޫރް ވެސް ހިމެނެއެވެ.
މި އެވޯޑް ކަރަން ޖޯހަރް އާއި ހަވާލު ކޮށްފައިވަނީ ނޮވެމްބަރު 8 ވަނަ ދުވަހު އިންޑިޔާގެ ރާސްޓްރަޕަތީ ބަވަންގައި ބޭއްވި ރަސްމީޔާތެއްގައި އިންޑިޔާގެ ރައިސް ރާމް ނާތް ކޯވިންދް އެވެ.
އޭނާ އިސްޓާގްރާމުގައި ޝެއާރ ކުރި ޕޯސްޓްގައި ކަރަން ބުނެފައިވަނީ މި އެވޯޑް ލިބުމުން ވަރަށް އުފާވާކަމަށާއި މީ އޭނާ އަށް ލިބުނު ފަޚުރަކާއި ޝަރަފެއްކަމަށެވެ. އޭނާ އިތުރަށް ބުނީ އިންޑިޔާގެ ރައީސްގެ އަތުން އޭނާ އަށް މި އެވޯޑް ލިބުމުން ވަރަށް ހިތްހަމަ ޖެހިފައި ހުރިކަމަށާއި މީ އޭނާގެ ހަޔާތުގައި އޭނާ އަށް ލިބުނު ވަރަށް ފަހުރުވެރި އަދި އުފާވެރި ހަނދާން ތަކެއް ކަމަށެވެ. އޭނާ ވަނީ އޭނާ އަށް މިހިސާބަށް އައުމަށް އެހީ ވެދިން ހުރިހާ ފަރާތް ތަކަށްވެސް ފަށްފަށުން ޝުކުރު އަދާކޮށްފައެވެ
