އާންމުންގެ ތެރެޔަށް ތަފާތު ފިލްމުތަކެއް ގެނެސްދީ ފައިވާ ޒޯޔާ އަހްތަރު މިފަހަރު އަނެއްކާވެސް ތަފާތު ފިލްމެއް ހަދަން ނިންމައިފިއެވެ. ހަބަރު ލިބިފައިވާ ގޮތުގައި ޒޯޔާ މިފަހަރު ހަދާ ފިލްމު ބިނާކޮށްފައިވަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކޮމިކްސްތަކެއް ކަމުގައިވާ އާޗީ ކޮމިކްސް އަށެވެ.
ޒޯޔާ މިކަން އިއުލާނު ކޮށްފައިވަނީ އޭނާގެ އިންސްޓާގްރާމުގައި ކޮށްފައި އޮތް ޕޯސްޓްއެއްގައިއެވެ. އެ ޕޯސްޓް އިން ފެނިގެންދަނީ އާޗީ ކޮމިކްސްގެ މައި ކެރެކްޓާސް ކަމުގައި ވާ އާޗީ، ވެރޯނިކާ، ބެޓީ އަދި ޖަގްހެޑް ބިލް ބޯޑެއްގެ ކުރިމަތީގައި ހުއްޓިލައިގެން ތިބޭތަނެވެ. އެ ޕޯސްޓް ގައި ލިޔެފައިވަނީ "ދަ އާޗީސް: އަ ފިލްމް ބައި ޒޯޔާ އަހްތަރް. ކަމިން ޓު ނެޓް ފިލްކްސް" މިހެންނެވެ.
މި ފިލްމުގައި ޚުޝީ ކަޕޫރް، ސުހާނާ ޚާން، އަގަސްތަޔާ ނަންޑާ އަލަށް ފެނިގެންދާނެ ކަމުގެ ހަބަރުތައް ދަނީ ފެތުރެމުންނެވެ. ނަމަވެސް އަދި މި ފިލްމުގެ ތަރިންގެ މާ ބޮޑު މައުލޫމާތެއް ޒޯޔާ މީޑިޔާ ތަކާއި ހިއްސާ އެއް ނުކުރެއެވެ.
