އޭނާ އަށް އެވޯޑެއް މުހިންމު ނޫންކަމަށާއި އޭނާ އަށް ލިބޭ އެންމެ އަގުހުރި އެވޯޑަކީ އާންމުންގެ ފަރާތުން އޭނާ އަށް ލިބެމުން އަންނަ ލޯބި ކަމަށް ސޯނޫ ސޫދް ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ޕަދްމާ ސްރީގެ އެވޯޑް ލިބޭ ފަރާތްތަކުގެ ނަން ހާމަ ކުރި އިރު ސޯނޫ ސޫދް ގެ ނަން އޭގައި ހިމެނިފައި ނުވުމުން އާންމުން އެކަމާއި މެދު ހިތް ހަމަ ނުޖެހުން ފާޅުކޮށް ސޯޝަލް މީޑިޔާ ގައި ވާހަކަދައްކަމުން ދާތީއެވެ. އޭނާ އިތުރަށް ފާހަގަ ކުރި ގޮތުގައި އޭނާގެ ނަން އެ ލިސްޓުގައި ހިމެނޭނެކަން އެންމެ ކުރިންވެސް ހީނުކުރާކަމަށާއި ސަބަބަކީ މިހާރު ކަންތައް ވަމުންދާ ގޮތުންކަމަށެވެ.

އޭނާ އިތުރަށް ބުނީ އޭނާ ކައިރިއަށް އަންނަ ކޮންމެ މީހަކަށްވެސް އެހީ ވަމުންދާނެ ކަމަށާއި އޭނާ މީހުންނަށް އެހީ ވަމުންދަނީ ކޮންމެހެން މީހުންގެ ފަރާތުން ތައުރީފު ހޯދަން ނޫންކަމަށެވެ. ނުވަތަ މީހުން އެކަން ބަލައިގަނެ އޭނާ އަށް އެވޯޑާ އެއްޗެހި ދޭނެކަމަކަށްވެސް ނޫން ކަމަށެވެ. އޭނާ ބުނި ގޮތުގައި އޭނާ މީހުންނަށް އެހީވަނީ މިކަމުގެ ސަބަބުން އޭނާ އަމިއްލަ ނަފްސަށް ހިތްހަމަޖެހުން ލިބޭތީކަމަށެވެ. އޭނާ އިތުރަށް ފާހަގަ ކުރިގޮތުގައި އޭނާ އެކަން ކުރަނީ އެކަން ކޮށް ދިނުމުގެ ސަބަބުން އޭނާ އަށް ރޭގަނޑު ގަޑީގައި ހަމަޖެހިގެން ނިދާލެވޭތީކަމަށެވެ.

ސޯނޫ ސޫދް އަކީ ބޮލީވުޑްގެ ތަރިންގެ ތެރެއިންވެސް އާންމުންނަށް އެހީ ވެދިނުމުގައި ފާހަގަ ކޮށްލެވޭ އެއް ތަރިއެވެ.