ކުރީގެ ފިލްމީ ތަރި ނީތޫ ކަޕޫރްގެ އެންމެ ފަހުގެ ފިލްމު ޖުގް ޖުގް ޖީޔޯގެ ސޫޓިން ނިންމާލައިފިއެވެ. އޭނާގެ އިތުރުން މި ފިލްމުގައި ކިއާރާ އާދްވާނީ، ވަރުން ދަވަން، އަނިލް ކަޕޫރް، އަދި އިންޓާނެޓުން އާންމުންގެ ތެރޭގައި މަސްހޫރުކަން ހޯދި ޕްރާޖިކްތާ ކޮލީ  ފެނިގެންދާނެއެވެ.

މި ފިލްމުގެ ޝޫޓިން މިދިޔަ 9 ވަރަކަށް މަސްތެރޭގައި އެކި ލޮކޭސަންތަކުގައި ޝޫޓިން ކުރިޔަށް ގެންގޮސްފައިވާކަމަށް ޕްރޮޑަކްޝަން ޓީމުން މައުލޫމާތުދެއެވެ.

 ނީތޫ ކަޕޫރު މި ފިލްމުގައި ވަރަށް މުހިންމު ރޯލެއް ކުޅެފައިވެއެވެ. އޭނާ ވަނީ އޭނާގެ އިންސްޓާގްރާމުގައި ވަނީ މި ފިލްމު ނިންމާލި ވާހަކަ އިއުލާނުކޮށްފައެވެ. އޭނާގެ އިންސްޓާގްރާމުގައި ކުރި ޕޯސްޓުގައި ފެނިގެން ދަނީ އޭނާ މޭކަޕް ރޫމްތެރޭގައި އިންދައެވެ .

އޭނާ ކުރި ޕޯސްޓާއި އެކު އޭނާ ވަނީ މެސެޖްއެއް ދޫކޮށްލާފައެވެ. އޭގައި އޭނާ ބުނެފައިވަނީ ޖުގް ޖުގް ޖީޔޯ އަކީ ވަރަށް ތަފާތު ތަޖުރިބާ އެއްކަމަށާއި އޭގެ ތެރެއިން ވެސް ވަރަށް ގިނަ ބަޔަކާއި ގާތް ގުޅުމެއް އުފެދިފައިވާކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި މީގެ ސަބަބުން ވަރަށް ބޮޑަށް އަމިއްލަ ނަފްސަށް އޮތް އިތުބާރު އިތުރުވެގެން ގޮސްފައިވާކަމަށް އޭނާ ފާހަގަ ކުރިއެވެ.