އެމެރިކާ ގެ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ބެން ސްޓިލާ 1960 ގެ އަހަރުތަކުގައި މަޝްހޫރު ވެގެން ދިޔަ ޓީވީ ސީރީޒް ދަ ޗެމްޕިއަންސް އަށް ބިނާ ކޮށް ފިލްމެއް ހަދަން ނިންމައިފިއެވެ.

ބެން ސްޓިލާ މި ފިލްމު ޕްރޮޑިއުސް ކުރުމުގެ އިތުރުން އޭނާ މި ފިލްމުގައި ތަރިއެއްގެ ގޮތުގައި ހަރަކާތްތެރި ވާނެ ކަމަށް މީޑިޔާ ތަކުން ރިޕޯޓު ކުރެއެވެ. މި ފިލުމުގައި އޭނާ ގެ އިތުރުން އޮސްޓްރޭލިޔާގެ މަޝްހޫރު އެކްޓްރަސް ކޭޓް ބެލެންކްޗެޓް ފެނިގެންދާނެކަމަށް މައުލޫމާތު ލިބެއެވެ.

ޗެމްޕިއަން ސީރީޒް ވާހަކަ ބިނާވެފައި ވަނީ އެމެރިކާ ގެ ތިން ސީކްރެޓް އެޖެންޓުންގެ މައްޗަށެވެ. މި ފިލްމުގައި އެ ތިން އެޖެންޓުން ދަތުރު ކުރަމުންދާ ފްލައިޓް ހިމާލިޔާ ފަރުބަދަ މައްޗަށް ވެއްޓެއެވެ. ފްލައިޓު ވެއްޓުމާއި އެކު އެ މީހުން ގޮތް ނޭނގޭ ބަޔެއް ސަލާމަތް ކުރެއެވެ. މި މީހުން ސަލާމަތް ކުރުމަށް މި މީހުން މި އެޖެންޓުން އާދަޔާ ހިލާފަ ބާރުތަކެއް ލިބިގެންދެއެވެ. އަދި މި ބާރުތަކުގެ ބޭނުން ގާނޫނުތައް ދަމަހައްޓަން ކުރަން ޖެހޭ މަސައްކަތް ކުރެއެވެ.

ކޭޓް މި ފިލްމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ބުނީ ޗެމްޕިއަންސް އަކީ މި ޒަމާނާއި ވަރަށް ގުޅޭ ވަރަށް ތަފާތު ވާހަކައަކަށް ހެދިފައިވާ ފިލްމެއް ކަމަށެވެ. އޭނާ އިތުރަށް ފާހަގަ ކުރި ގޮތުގައި ބެން އަކީ އޭނާ އެމީހަކާއި އެކުގައި މަސައްކަތް ކުރަން ވަރަށް ބޭނުންވެފައި ހުރި މީހެއްކަމަށާއި އޭނާ އާންމުކޮށް ހަދާފައި ހުރީ ވަރަށް ތަފާތު އާދަޔާ ހިލާފް ފިލްމުތަކެއް ކަމަށެވެ.

ބެން ފާހަގަ ކުރިގޮތުގައި ކޭޓް އަކީ އޭނާ އަށް ވަރަށް ކަމުދާ އެކްޓްރަސް އެއްކަމަށާއި އޭނާ ބޭނުން ވަނީ މި ފިލްމުގެ ސަބަބުން ކޭޓް ގެ އެކްޓިން ކެރިއާ އަށް ވެސް ބޮޑެތި ކާމިޔާބީ ތަކަކާއި ބަދަލުތަކެއް އައުންކަމަށެވެ.