އިނގިރޭސިވިލާތަށް ނިސްބަތްވާ ކެރޯލް ފްލެމިންގް ކިޔާ އަންހެނަކު ތުރުކީގެ ހޮސްޕިޓަލެއްގައި އަންނަނީ ގޮތްނޭގޭ ލޭގެ ބައްޔަކަށް ފަރުވާ ހޯދަމުންނެވެ. ފަރުވާ އާއި ޑޮކްޓަރުގެ ފީ އާ ހުރިހާ ކަމެއް އެއްކޮށްލުމުން ދުވާލަކަށް ދިހަ ހާސް ޕައުންޑް ހޭދަވެއެވެ. އިނގިރޭސިވިލާތުން އެހެން ގައުމުތަކުގައި ތިބި އެގައުމުގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދަން އެތައް ފްލައިޓްތަކެއްވަނީ ހަމަޖައްސާފައެވެ. ނަމަވެސް މި އަންހެން މީހާ ގައުމަށް ގެންދެވޭނީ އޭނާ މަރުވުމުން ކަމަށް އެގައުމުގައި ހުންނަ ކޮންސިއުލޭޓުން ކެރޯލްގެ އާއިލާއަށް ވަނީ އަންގާފައެވެ.

ގޮތްހުސްވެފައިވާ އާއިލާއިން މިހާރު މަސައްކަތް ކުރަނީ ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި ފަންސަވީސް ހާސް ޕައުންޑް އެއްކޮށްގެން އެއަރ އެމްބިއުލެންސް އެއްގައި މި މިހާ އިނގިރޭސި ގެންދާށެވެ. ކެރޯލް އަކީ ކުރިން  އުރަމަތީ ކެންސަރަށް ފަރުވާ ހޯދައިން އެބަލިން ރަގަޅުވެފައިވާ މީހެކެވެ. ނަމަވެސް މިހާރު ދިމާވެގެން އުޅޭ ލޭގެ މައްސަލަ އާ ކުރީގެ ކެންސަރު ބައްޔާ ގުޅުމެއް ހުރެދާނެތީ އޭނާގެ އިންޝުއަރެންސް ކުންފުނިންވެސް މިކަމުގައި އެހީތެރިކަމެއް ނުދިނެވެ.

67 އަހަރުގެ ކެރޯލްއާއި އެކުގައި ތުރުކީގައި ހުރީ އޭނާގެ 36 އަހަރުގެ އަންހެން ދަރިފުޅު ސްޓެފަނީއެވެ. ސްޓެފަނީ ހާމަކުރި ގޮތުގައި އޭނާއަށް ހީވަނީ ބިރުވެރި ފިލްމެއްގައި އޭނާ ތާށިވެފައިވާ ހެނެވެ. އައި.ސީ.ޔޫ ގައި އޮތް މަންމަ ހޮޑުލުމުން ވެސް އަންނަނީ ހުސް ލޭ ކަމަށް ސްޓެފަނީ ހާމަކުރިއެވެ. ކެރޯލްގެ ޙާލަތު މިހާ ގޯސްވެގެން ދިޔައީ ތުރުކީގެ ޑޮކްޓަރުންނަށް އޮޅިގެން ކެންސަރާ ގުޅުން ހުރިކަމަކަށް ވެދާނެ ކަމަށް ލަފާކޮށް ދީފައިވާ ބޭސް ތަކުގެ ސަބަބުންކަމަށް ކެރޯލްގެ 55 އަހަރުގެ ފިރިހެން ކޮއްކޮ އިއާން ހާމަކުރިއެވެ.