ޑޮނަލްޑް ޓްރަމްޕުގެ މަޝްހޫރު ވޮޝިންޓަން ޑީސީ ހޮޓަލަށް މާލީ ބޮޑު ގެއްލުމެއް ލިބުމުން އެ ހޮޓާ ވިއްކާލަން ނިންމައިފިއެވެ.

އެ ހޮޓާ ބޭރު ކުންފުންޏަކަށް ވިއްކާލަން އެއްބަސްވެފައިވާ އިރު، އެ ހޮޓަލުން ޓްރަމްޕްގެ ނަން އުނިކޮށް، ހިލްޓަން ގްރޫޕާ ހަވާލުކުރަން ރާވާފައިވާކަމަށް އެގައުމުގެ ރިޕޯޓުތައް ބުނެއެވެ. އެ ހޮޓާ ވިއްކާލަނީ 375 މިލިއަން ޑޮލަރަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މި ހޮޓާ ކުއްޔަށް ދެވެން އޮތް ނަމަވެސް، ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލް ވަނީ ފަހުގެ ރައީސުންގެ ސިޔާސީ އަދި މުނިފޫހި ފިލުވުމުގެ ބައެއް ކަންކަން ކުރާ ތަނަކަށް ބަދަލުވެފައެވެ.

އެގޮތުން ދުވަސްކޮޅަކަށް މި ހޮޓަލަކީ ސިޔާސީ ފަރާތްތަކާއި، ލޮބީކުރާ ފަރާތްތަކާއި، އެނޫންވެސް ޓްރަމްޕްގެ އަރިސް މީހުން ކައިރިއަށް ނުވަތަ އެކި ސިޔާސީ ބޭނުންތަކަށް އިސް ފަރާތްތަކުގެ މަޝްވަރާ ހޯއްދެވުމަށް ސައްލާ ކުރާ ތަނަކަށް ވިއެވެ.

ރިޕޯޓުތައް ބުނާގޮތުން 2016 ވަނަ އަހަރާއި 2020 ވަނަ އަހަރާ ދެމެދު އެ ހޮޓަލަށް 70 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވެއެވެ.

ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި އެ ހޮޓަލަށް ގެއްލުން ވާން ފެށީ ޓްރަމްޕުގެ ކޮރަޕްޝަނާއި ވައްކަންތަކުގެ ސަބަބުންނެވެ.