ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ސޯޝަލް ޑްރާމާ "ލާލް ސިންގް ޗައްޑާ" އަނެއްކާވެސް ފަސްކުރަން އާމިރް ޚާން އާއި އޭނާގެ ޓީމުން ނިންމައިފި އެވެ. އަޑްވައިތު ޗަންދާން ޑައިރެކްޓްކޮށްފައިވާ މި ފިލްމު މިހާރު އަމާޒު ހިފާފައި ވަނީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 14 ގައި ރިލީޒްކުރާށެވެ

އާމިރް ޚާންގެ ކެރެކްޓާއަށް އެ ފިލްމުގައި މުސްކުޅިވުމަށް ޑީ-އޭޖިން ޓެކްނޮލޮޖީ ބޭނުން ކުރަމުން އަންނައިރު، ލާލް ސިންގް ޗައްޑާގައި ވީއެފްއެކްސް ވަރަށް ބޮޑަށް ބޭނުން ކޮށްފައިވުމުން އެންމެ ފުރިހަމަކޮށް މަސައްކަތް ނިންމާލަން ބޭނުންވާތީ  ޕްރޮސެސް ހީކުރި ވަރަށް ވުރެ ގިނަ ދުވަސް އެބަ ނަގާކަމަށެވެ. މި ޓްރިކް ބޭނުންކޮށްފައިވާ ގިނަ ފިލްމުތަކެއް ހުރި ނަމަވެސް އާމިރް އަކީ އަބަދުވެސް ބޮޑު ސްކްރީންތަކުގައި ތަފާތު އެކްސްޕީރިއަންސެއް ދޭން މީހެއްކަމުން މި ފިލްމު ވަރަށް ވެސް ތަފާތު ވާނެ ކަމަށް އެ ޓީމުން އިތުރާސް ބުނެއެވެ.

ޝައުޤުވެރިވާ ކަމަކީ މި ރިލީސްކުރުމުގެ މާނައަކީ ބޮކްސް އޮފީހުގައި ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ކޭޖީއެފް 2 އާއި އެކު ކުރިމަތިލުމެއް ހިނގުމެވެ. އޭޕްރީލް 14 ގައި ގިނަ ތާރީހުތަކެއް ގިނަ ފިލްމު ތަކެއް ރިލީޒް ކުރާ އިރު މިފިލްމުގެ ޓީމުން ދެން ވިސްނަމުން ދަނީ އީދު ހަފްތާ ބަންދުގައި މި ފިލްމު ރިލީޒް ކުރުމަށެވެ.

މި ފިލްމަކީ ފޮރެސްޓް ގަމްޕްގެ އޮފިޝަލް ރީމޭކް ކަމަށްވާއިރު އަންހެން ލީޑް ރޯލުން ފެނިގެންދަނީ ކަރީނާ ކަޕޫރު ޚާން އެވެ. މިއީ ނާގް ޗައިތަންޔާގެ ހިންދީ ފުރަތަމަ ފިލްމުވެސް މެއެވެ.