ދަރްމާ ޕްރޮޑަކްޝަންގެ ފުރަތަމަ އެކްޝަން ފްރެންޗައިޒް "ޔޯދާ" ލީޑް ރޯލުން ފެނިގެންދާނީ ސިދްހާތް މަލްހޯތްރާ "ޔޯދާ" އިއުލާންކޮށްފި އެވެ. މި ފިލްމުގެ ފަސްޓް ލުކް ދައްކާލާފައިވަނީ މިމަހުގެ 18 ވަނަ ދުވަހު އެވެ. މި ފިލްމު އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާނީ ސާގަރު އަމްބްރޭ އާއި ޕުޝްކަރް އޮހާ އެވެ.

މި ފިލްމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ކަރަން ޖޯހަރު ބުނީ "މި ފިލްމަކީ ވަރަށް ތަފާތު ވެގެން ދާނެ ފިލްމެއް. މިއީ ދަރްމާ ޕްރޮޑަކްސަންގެ ފުރަތަމަ އެކްސަން ފްރެންޗައިސް. މި ފިލްމުގައި ސިދްހާތް މަލްހޯތްރާގެ މޮޅެތި އެކްސަން ސީކުއެންސްތަކެއް ފެނިގެންދާނެ. މި ފިލްމުގެ ޕްރޮޑިއުސަރުންގެ ގޮތުގައި ހަރަކާތް ތެރިވާނީ ސާގަރު އަމްބްރޭ އާއި ޕުޝްކަރް އޮހާ. މި ފިލްމު ސިނަމާތަކަށް ނިކުންނާނީ މި އަންނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު ކަމަށެވެ."

މި ފިލްމުގައި ސިދްހާތްގެ އިތުރުން ދިޝާ ޕަޓާނީ އަދި ރާޝީ ކަންނާ ފެނިގެންދާނެއެވެ. ކުރިން ސިދްހާތުގެ ބަދަލުގައި މި ފިލްމު ކުޅެން ހަމަޖެހިފައި އޮތީ ޝާހިދު ކަޕޫރްއެވެ. ނަމަވެސް ފަހު ވަގުތު އޭނާ ވަނީ މި ފިލްމު ނުކުޅެން ނިންމާފައެވެ.