ފުރަތަމަ ފަހަރަށް ރަންބީރު ކަޕޫރާއި ޝްރަދާ ކަޕޫރު އެކުގައި ސްކްރީން ސްޕޭސް ޝެއާ ކުރާނެ އެވެ. މި ޖޯޑު ދެން އެންމެ އަވަހަށް ފެނިގެންދާނެ ފިލްމުގެ ޝޫޓިން މި އަހަރުގެ ކުރީކޮޅު ފެށި ލަވް ރަންޖަންގެ ފިލްމުގައެވެ. މި ފިލްމުގައި ރަންބީރު ކަޕޫރުގެ މައިންބަފައިންގެ ރޯލުން ފެނިގެންދަނީ ޑިމްޕަލް ކަޕާޑިއާ އާއި ބޯނީ ކަޕޫރެވެ. މިހާރު ޔަގީންވެފައިވާ ގޮތުގައި މި ފިލްމު ދެން ރިލީޒް ކުރާނީ 2023 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ހަފުތާ ބަންދުގައެވެ.
މިމަހުގެ 18 ވީ ބުރާސްފަތި ދުވަހު އިއުލާނުކޮށްފައިވާ ގޮތުގައި ރަންބީރު ކަޕޫރާއި ޝްރަދާ ކަޕޫރު ފެނިގެންދާ މި ފިލްމު ދެން އެންމެ އަވަހަށް ރިލީޒްވާނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. މި ފިލްމު ރިލީޒް ކުރާ ތާރީހުގެ ސަބަބުން ރިތިކް ރޯޝަން އާއި ދީޕިކާ ޕަދުކޯން ލީޑް ރޯލް ކުޅެފައިވާ ސިދްހާތު އާނަންދްގެ ކުރިއަށް އޮތް "ފައިޓާ" އާ ދެމެދު ކުރިމަތިލުމެއް ހިނގާނެ އެވެ.
މި ފިލްމުގެ މިއުޒިކް ކޮމްޕޯޒް ކުރަމުން އަންނަ ޕްރިތަމް ވަނީ ބޭރުގެ ލެގް ތެރޭގައި ދެތިން ރޮމޭންޓިކް ނަމްބަރެއް ޝޫޓްކޮށްފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެއީ ޔޭ ޖަވާނީ ހޭ ދީވާނީ އަދި ބަދްތަމީޒް ދިލްގެ ލައިންސްގެ ކޮމްބިނޭޝަނެކެވެ.
