ސްކުއިޑް ގޭމްގެ ކާމިޔާބީގައި މާސްކިން ކުރަމުން އަންނަ އަދި އިންޑަސްޓްރީގައި ދުވަސްކޮޅަކު މަސައްކަތް ކުރަމުން އަންނަ ދެކުނު ކޮރެއާގެ އެކްޓަރު ވައި ހާ ޖޮން އެހެން ޑްރާމާއެއްގައި ސޮއިކޮށްފިއެވެ. މި އެކްޓަރު ދެން އެންމެ އަވަހަށް ކުޅޭނީ ކުރިން "ގިޔޮންގްސިއޮންގް ޖަނަވާރު" ގެ ނަމުން ނަން ދެވިފައިއޮތް ކޭ ޕްރޮޖެކްޓްއެވެ. ހަމަ އެ ޑްރާމާއަށް އެކްޓަރުން ކަމަށްވާ ޕާކް ސެއޯ ޖޯން އާއި ހާން ސޯ ހީއާ ދަނީ ވާހަކަ ދެކެވެމުންނެވެ.
ވައި ހާ ޖޯންގެ ކާސްޓިން ކަށަވަރުކޮށްދެމުން އޭނާގެ އޭޖެންސީ އެމްއެސްޓީމް އެންޓަޓެއިންމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "ވައި ހާ ޖޯން އަކީ 'ކޭ ޕްރޮޖެކްޓް' ގައި އެކްޓްކުރާ ބަތަލެއް އޭގެ އަސްލު ތަފްސީލްތައް މިހާރު މިދަނީ ތަރުތީބު ކުރެވެމުން." މި އެކްޓަރު މި ފިލްމުން ފެނިގެންދާނީ ޖަންގް ޓައީ ސަންގްގެ ބެސްޓް ފްރެންޑް ގެ ރޯލުންނެވެ. އޭނާގެ ކެރެކްޓާ އަކީ "މުއްސަނދި ގޭބިސީއެއްގައި އުފަންވި ނަމަވެސް ޖަޕާނަށް ތާއީދުކުރާ އާއިލާއާ މެދު ނަފުރަތު އިހްސާސްކުރެވޭ" ކެރެކްޓާއެކެވެ. ވޮލަންޓްރީ އައުޓްސައިޑް މީހެއްކަމުން ޖަންގް ޓައީ ސަންގް އާ ގުޅި، ދެ މީހުން ގާތް ރަހުމަތްތެރިންނަށް ވެގެން ދެއެވެ.
ކޮރެއާގެ ޓެބްލޮއިޑް ސޮމްޕީ ގައިވާ ގޮތުން "ކޭ ޕްރޮޖެކްޓަކީ ދިރިހުރުމާއި އިންސާނީ ކަރާމާތާ ގުޅޭ ތްރިލާ އެކެވެ. ސިޔާދަތާއި އިންސާނީ ހައްގުތައް އެ މީހުންގެ ކިބައިން ނިގުޅައިގަނެ، ހަމައެކަނި އެންމެ އަސާސީ އުފާވެރިކަން ހާސިލްކުރުމަށް ފުރާނަ އިސްކުރަން ޖެހުނު ދުވަސްވަރެއްގައި ދިރިއުޅުނު ޒުވާނުންގެ ވާހަކަތައް ކިޔައިދޭނެ ވާހަކައެއް" ކަމުގައެވެ.
ވައި ހާ ޖޯންގެ އިތުރުން މި ޑްރާމާގައި ޕާކް ސީ ޖޯން އަދި ހާން ސޯ ހީ ވެސް ފެނިގެންދާނެކަމަށް މައުލޫމާތު ލިބެއެވެ. މި ދެ ތަރިން މި ޑްރާމާގައި ކާސްޓު ކުރުމަށް މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ.
