ކޮވިޑް-19 އާ ގުޅިގެން ގައުމުތަކުގައި އޮތް ފުރަބަންދުގެ ޙާލަތަށް ދޫ ލިބި، ދިރިއުޅުން އާންމު ޙާލަތަކަށް ދަނީ އެޅެމުންނެވެ. ކާޖޮލް އަދި އަޖޭ ދޭވްގަންގެ ދަރިފުޅު ނައިސާގެ ކިޔެވުން ފެށުމުން ކާޖޮލްވަނީ އޭނާ ކާރީގައި ހުރުމަށް ސިންގަޕޫރަށް ފުރާފައެވެ. އަޖޭގެ ދެމަފިރިން ކުރެ އެކަކުވެސް އެމީހުންގެ ދަރިންގެ ކިޔެވުން އެންމެ ދުވަހަކަށް ވެސް ކެންސަލު ކުރާކަށް ނޭދެއެވެ. އަދި ހަމަ އެހެންމެ މި ދަނޑިވަޅުފައި ދަރިފުޅު އެކަނި ބޭރުގައުމެއްގައި ބަހައްޓާކަށް ވެސް ބޭނުމެއް ނުވެއެވެ.
މިކަމުގެ ހައްލަކީ މި ވަގުތު ފިލްމީ މަސައްކަތް ހުއްޓިފައިވާ މަންމަ، ކާޖޮލް ސިންގަޕޫރަށް ދިއުން ކަމަށް ވުމުން ކާޖޮލް ފުރީ ކަމަށް އާއިލާ އާ ގާތް މީހަކު މައުލޫމާތު ދިނެވެ. ސިންގަޕޫރުގެ ޔުނައިޓެޑް ވޯރލްޑް ކޮލެޖް އޮފް ސައުތު އީސްޓް އޭޝިޔާ ގައި ކިޔަވަމުންދާ ނައިސާ ކައިރީގައި ދެތިން މަސް ކާޖޮލް މަޑުކުރާނެ ކަމަށް ވެސް ރިޕޯޓްތައް ލިބެއެވެ. ނަމަވެސް އަޖޭ އަދި ފިރިހެން ދަރިފުޅު ޔުގް ވަރަށް އަވަހަށް އެނބުރި އިންޑިޔާއަށް ދާނެއެވެ.
އަޖޭގެ ދެމަފިރިން ވަނީ 2018 ވަނަ ސިންގަޕޫރުގެ މައި ސިޓީއިން އަގުބޮޑު އެޕާޓްމަންޓެއް ގަނެފައެވެ. އެއީ މިހެން ދާ ދަތުރުތަކުގައި ވެސް ހިތްފަސޭހަ ކަމާއެކު ތިބެލުމަށް އަމިއްލަތަނެއް ހުރުން މުހިންމު ކަމަށް ދެކިގެނެވެ.
