ރަކުލް ޕްރީތު ސިންގް ފެނިގެންދާ "ތެންކިއު ގޯޑް" މި އަންނަ އަހަރު ގެނެސްދޭން ތައްޔާރުވެއްޖެއެވެ. އޯޑިއަންސްގެ މޫނުމައްޗަށް ހިނިތުންވުން ގެނެސް ދޭނެ ކަމަށް ބުނާ މި ފިލްމު ރިލީޒްކުރާނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ. މި ފިލްމުގެ ޓީމުން ހާމަ ކުރި ގޮތުގައި މި ފިލްމުން އާންމުންނަށް ވަރަށް ވަރުގަދަ މެސެޖެއް ލިބިގެންދާނެކަމަށެވެ.

އިންދްރާ ކުމާރު ޑައިރެކްޓްކޮށްފައިވާ ޓީ ސީރީޒް ފިލްމްސް އެންޑް މަރޫތީ އިންޓަނޭޝަނަލް ޕްރޮޑަކްޝަން، ޝުކުރިއްޔާ ގޯޑް ޕްރޮޑިއުސްކުރަނީ ބޫޝަން ކުމާރު، ކްރިޝަން ކުމާރު، އަޝޯކް ތާކެރިއާ، ސުނީރް ޚޭޓަރޕާލް، ދީޕަކް މުކުތު، އާނަންދް ޕަންޑިތު، މާކަންދު އާދިކަރީ އަދި މި ފިލްމު ކޯ-ޕްރޮޑިއުސް ކުރަނީ ޔާޝް ޝާހް އެވެ.

މި ފިލްމުގެ ޑައިރެކްޓަރު އިންދްރާ ކުމާރު މި ފިލްމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ބުނެފައިވަނީ މި ފިލްމު ވެގެން ދަނީ ވަރަށް ތަފާތު ފިލްމަކަށް ކަމަށާއި އޭނާ ގެ ބޭނުމަކީ ހަމައެކަނި އޯޑިއެންސް ހެއްވާލުން ނޫންކަމަށެވެ. އޭނާ އިތުރަށް ފާހަގަ ކުރި ގޮތުގައި މި ފިލްމުން އޯޑިއެންސް އަށް ވަރަށް މުހިންމު މެސެޖެއް ފޯރުކޮށްދޭނެ ކަމަށެވެ.