މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މެގަސްޓާ އަމީތާބް ބައްޗަން ކަމަލާ ޕަސަންދް ޕާން މަސާލާ ބްރޭންޑާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލީ ސަރޮގޭޓް އިޝްތިހާރުގެ ދަށަށް ދާކަން އޭނާއަށް ނޭނގޭ ކަމަށް ބުނެއެވެ. މި ޚަބަރު މި އައީ ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ގައުމީ ޖަމިއްޔާއިން ހިންގާ އެޑް ކެމްޕޭނުން އެކްޓަރު ވަކިވާން އެދިފައި ވަނިކޮށެވެ.
ނަމަވެސް ކޮންޓްރެކްޓް އުވާލައި، އޭނާ ހިމެނޭ އިޝްތިހާރުތައް ޓީވީން ނުދެއްކުމަށް އެދުނު ނަމަވެސް، ކަމަލާ ޕަސަންދު އަދިވެސް އެއެދުމާއި އެއްގޮތަށް އަމަލުކޮށްފައެއް ނުވެއެވެ. މި ކަމާއި ގުޅިގެން އަމީތާބް ވަނީ ކަމަލާ ޕަސަންދު ކުންފުންޏަށް ލީގަލް ނޯޓިސް އެއް ފޮނުވާފައެވެ. މިކަމާއި ގުޅިގެން އިންޑަސްޓްރީގެ ފަރާތަކުން މީޑިޔާ އަށް ހާމަކުރި ގޮތުގައި އަމީތާބް ހިމެނޭ ޓީވީ އިޝްތިހާރުތައް ވަގުތުން ބްރޯޑްކާސްޓް ކުރުން ހުއްޓާލުމަށް ކަމަލާ ޕަސަންދް އަށް ލީގަލް ނޯޓިސް އެއް ފޮނުވާފައިވާނެކަމަށާއި އެ ނޯޓިސް ފޮނުވީ އެންޑޯސްމަންޓް އެގްރީމެންޓް އުވާލި ނަމަވެސް ކަމަލާ ޕަސަންދު އެކަމަށް އިހުމާލުވެ،އަމީތާބު ހިމެނޭ ކަމަލާ ފަސަންދްގެ ޓީވީ އިޝްތިހާރުތައް އަދިވެސް ޓީވީގެ ޒަރީޔާއިން ދައްކަމުން ދާތީކަމުގައެވެ. މީގެ އިތުރުން އަމީތާބު ވަނީ އެ ކުންފުނިން އޭނާ އަށް އިސްތިހާރު ކުޅެން ދީފައި ހުރި ލާރިވެސް އަނބުރާ ދީފައިކަމަށް ހަބަރުލިބެއެވެ. އޭނާ އެ ކުންފުންޏާއި އެކު ހަދާފައިވާ މި އެއްބަސްވުން އުވާލާފައި މި ވަނީ މި ކުންފުނިން ހަދާ ޕާން މަސާލާގެ ސަބަބުން ގިނަ ބަޔަކަށް ގެއްލުން ލިބޭކަމަށާއި އެހެން ކަމުން ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ގައުމީ ޖަމިއްޔާއިން އޭނާގެ ނަން ނެގުމަށް ބުނެ އަމީތާބް އަށް އެ ޖަމީޔާގެ ރައީސް ސޭކަރް ސަލްކާރް ސިޓީއެއް ފޮނުވާފައިވަނިކޮށެވެ.
.
