ސުޝާންތުގެ މަރުގެ ތަހުގީގު ފުޅާވަމުން ގޮސް ރިޔާގެ ފޯނުން، މަސްތުވާތަކެތީގެ ބޭނުންކޮށް އޭގެ ވިޔަފާރި ކުރާކަން ދޭހަވާ ފަދަ މެސެޖްތަކެއް ފެނުމުން މި މައްސަލައިގެ ތެރެއަށް މިހާރު ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯވެސް ވަނީ ވަދެފައެވެ. ނަމަވެސް ތަހުގީގުގެ އިސްފަރާތަކީ ސީ.ބީ.އައި އެވެ. މި އިދާރާގެ އަންހެން އޮފިސަރެއް ކަމަށްވާ ނުޕުރް ޕްރަސާދު އަކީ ފިރިހެނަކަށް ދޫނުކުރާވަރުގެ ހަރުކަށި އަދި ތަހުގީގަށް ގެނެވޭ މީހުނާ ސުވާލު ކުރުމަށް އަރާހުރި ފިސާރި އަންނެހެކެވެ.
ނުޕުރްގެ ކުރިމައްޗަށް ރިޔާ ހާޟިރު ކުރެވި ޖައްސަ ޖައްސައިގެން 3 ދުވަހު އެއް ސުވާލުތަކެއް ތަކުރާރު ކުރުމުން ރިޔާ ކޮންޓްރޯލުން ނައްޓައިގެން ގޮސް، ތަހުގީގުގެ ނަމުގައި ރިޔާއަށް ފުރައްސާރަކުރާކަމަށް ވަނީ ބުނެފައެވެ. ޖަވާބުގައި ނުޕުރް ވަނީ، ފުރައްސާރަކުރާނަމަ ގެންދާނީ، ބިހާރު ޕޮލިހަށް ކަމާ، ތަހުގީގު ކުރިއަށް ދަނީ، ރިޔާ އަށް ފުލުހުންގެ ފަރާތުން ހިމާޔަތްވެސް ދީގެންކަން އޭނާއަށް ހަނދާން ކޮށްދީފައެވެ.
މިއަދު ރިޔާގެ މަންމަ ސަންދްޔާ ޗަކްރަބަރްތީ ހާޟިރުކޮށް، ރިޔާގެ ބައްޕައަށް މަސްތުވާތަކެތި ގަތުމަށް، ރިޔާގެ ކޮއްކޮ ޝޮވިކް ޝަކްރަބަރްތީ ކޮށްފައިވާ މެސެޖްތަކެއް ދައްކައި، ރިޔާގެ ބައްޕަ އަދި ސަންދްޔާގެ ފިރިމީހާ އިންދަރްޖީތު މަސްތުވާތަކެތި ބޭނުން ކުރާކަން އެނގޭތޯ ސުވާލު ކުރިއެވެ. ޖަވާބުގައި ސަންދްޔާ ވަނީ އޭނާއަށް އެފަދަ އެއްވެސް މައުލޫމާތެއް ނޭގޭކަމަށް ބުނެފައެވެ. ދެވަނަ ސުވާލަކަށް ނުޕުރް ވަނީ ރިޔާ މަސްތުވާތަކެތި ބޭނުންކުރާކަން އެނގޭތޯ ސުވާލު ކޮށްފައެވެ. މި ސުވާލަށް ސަންދްޔާ ރުޅި އައިސްގެން ޖަވާބު ދެމުން، އޭނާގެ ދަރިފުޅު އެފަދަ ކަމެއް ނުކުރާ ކަމަށާ، އެންމެން ވެގެން އޭނާ ބަދުނާމް ކުރަން މަސައްކަތް ކުރާ ކަމަށް ބުނެފައެވެ. މިއާ ވިއްދާ ނުޕުރު ވަނީ، ރިޔާ އެފަދަ ކަމެއް ނުކުރާނަމަ 2017 އިންފެށިގެން ތަފާތު މީހުން އަތުން މަސްތުވާތަކެތި ގަތުމަށް ރިޔާގެ ފޯނުން ކޮށްފައިވާ މެސެޖުތަކަކީ ނުޕުރް ކުރި މެސެޖްތަކެއްތޯ ސުވާލުކޮށްފައެވެ.
މި ސުވާލާއެކު ސަންދްޔާ ހަމަހިމޭންވެ އިތުރު ވާހަކައަށް ޖަދަލެއް ނުކުރެއެވެ.
