ކިމް ކާޑޭޝިއަން އާއި ޕީޓް ޑޭވިޑްސަން އާ ދެމެދު އޮތް ރޮމޭންސް ހޫނުވެ، ކިމްގެ ކުރީގެ ފިރިމީހާ ކާންޔޭ ވެސްޓް ވަނީ ކައިވެނި ރޫޅުނުއިރު އޭނާ ހެދި ގޯސްތަކުގެ ވާހަކަދައްކައިފިއެވެ. މީގެ އިތުރުން އޭނާ ހުރީ ރިކޮންސިލިއޭޝަންގެ އުންމީދުގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ސްކިޑް ރޯގައި ދާދިފަހުން އޮތް ތޭންކްސް ގިވިންގްގެ ހަފުލާއަކަށް ހާޒިރުވެ ވެސްޓް ވަނީ މި ކަމާ ވާހަކަ ދައްކާ ފައެވެ.
ބުދަ ދުވަހު އޮތް މި އިވެންޓް ގައި، ރެޕް ލަވަކިޔުންތެރިޔާ ވަނީ ލޮސް އެންޖަލިސް މިޝަންގެ މި އިވެންޓްގައި ބައިވެރިވެ، ކިމް ކާޑޭޝިއަން އާ ކައިވެނި ކުރި ވާހަކަތައް ކިޔައިދީފަވެ އެވެ. ކާންޔޭ އިއުތިރާފުވީ އޭނާއަކީ ކިމްއަށް ރަނގަޅު ފިރިއެއް ނޫން ކަމަށާއި "ފާޅުގައި ފިރިއެއްގެ ހައިސިއްޔަތުން ބަލައިނުގަނެވޭ ފަދަ ކަންކަން ކުރި" ކަމަށެވެ.
އޭނާގެ އާއިލާ އަލުން ކޮޅަށް ޖެހުމަށް އިތުރު މަސައްކަތްތަކެއް ކުރަން ވައުދުވަމުން ކާންޔޭ ބުނީ އޭނާގެ ވާހަކައިގެ ކޮންޓްރޯލް ނެގޭނެ ކަމުގެ ޔަގީންކަން އޭނާ އަށް އެބައޮތް ކަމަށެވެ.
ކިމް އަންނަނީ އެސްއެންއެލްގެ ތަރި ޕީޓް ޑޭވިޑްސަން އާއެކު ބޭރަށް ނުކުތުމުގެ ހެޑްލައިންތައް ހަދަމުންނެވެ. އެންމެ ފަހުން މި ދެމީހުން އެކުގައި ސަންޓާ މޮނިކާގައި ޑިނަރ ޑޭޓަކަށް ފަހު ނިކުމެގެން ދިޔަ އިރު ދެ މީހުން އެކުގައި އަތް ގުޅުވައިގެން ތިބި ތަން ވަނީ ފެނިފަ އެވެ.
