އެއްމަހުގެ ތުއްތު ކުއްޖަކަށް ކޮވިޑް ޖެހިގެން އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

ދ. ކުޑަހުވަދޫ ހޯމް ކަރަންޓީނުގައި އޮތް މި ކުއްޖާއަށް ފަރުވާދެމުން އަންނަނީ ލ. ގަމު ފެސިލިޓީގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ކުއްޖާ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ އޮގަސްޓް މަހުގެ 31 ގައެވެ. އަދި ލ. ގަމު ފެސިލިޓީއަށް އެކުއްޖާ ގެންދިޔައީ މިއަދު ހެނދުނު އެވެ.

އެ ހޮސްޕިޓަލުން ބުނީ އެ ކުއްޖާގެ ހާލަތު ސްޓޭބަލް ކަމަށެވެ.