"އިޔަރ އިންޑް ޕްރޮމޯޝަން"ގެ ނަމުގައި ދިރާގުން އަހަރު ނިންމަން ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަންގެ ދަށުން މޮބައިލް ޚިދުމަތްތަކުގެ އިތުރުން ދިރާގު ޓީވީ އާއި ހޯމް ފައިބަރ ބްރޯޑްބޭންޑުން ބޮޑެތި ޑިސްކައުންޓް ތަކެއް ލިބިގެންދާނެއެވެ.

އެގޮތުން މި ޕްރޮމޯޝަންގެ ދަށުން 500 ރުފިޔާއަށް ވުރެ މަތީގެ ޕޯސްޓްޕެއިޑް ނުވަތަ އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭނެއް ނެގުމުން ކުރިއަށް އޮތް 3 މަސްދުވަހަށް ކޮންމެ މަހަކު 3 ޖީ.ބީ ހިލޭ ލިބޭނެއެވެ. އަދި 500 ރުފިޔާ އިން ދަށުގެ ޕްލޭނެއް ނެގުމުން ކުރިއަށް އޮތް 3 މަސްދުވަހަށް ކޮންމެ މަހަކު 1 ޖީ.ބީ ހިލޭ ލިބޭނެއެވެ.

ދިރާގު ފައިބަރ ކޭބަލް އަޅާފައިވާ އިމާރާތްތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ދަށުން ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ހިލޭ ގުޅައިދޭނެއެވެ. އަދި ރައުޓަރު ތަކުން 50 އިންސައްތަ ޑިސްކައުންޓް ލިބޭނެއެވެ.

ދިރާގު ފައިބަރ ކޭބަލް އަޅާފައި ނެތް އިމާރާތްތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ގުޅައިދިނުމުގައި %50 ގެ ޑިސްކައުންޓެއް ކަނެކްޝަން ފީ އިން ލިބިގެން ދާނެއެވެ. އަދި ފިކްސްޑް ބްރޯޑްބޭންޑް ބޭނުންކުރާ ކަސްޓަމަރުންގެ ތެރެއިން މި ހިނގާ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ދިރާގު ޓީވީގެ ޚިދުމަތަށް އެދޭ ކަސްޓަމަރުންނަށް މުޅިން ހިލޭ ޓީވީގެ ޚިދުމަތް ގުޅައިދެވޭނެއެވެ. އަދި ޑީކޯޑަރު ވެސް ހިލޭ ލިބޭނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖް ނަގާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި 1 ފަރާތަކަށް ސެމްސަންގް ފަށްޖަހާލެވޭ ފޯނެއް ލިބޭނެއެވެ. އަދި ސްޓާޓަރ ޕެކޭޖުން މަތީގެ ކޮންމެ ޕެކޭޖެއް ނަގާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 10 ފަރާތެއްގެ ޕެކޭޖް 6 މަސް ދުވަހަށް ހިލޭ ކޮށްދޭނެއެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަން އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދޭ ނެޓްވޯކާ ގުޅުމަށް ލިބިގެންދާ ރަނުގެ ފުރުޞަތެއް ކަމުގައެވެ. އަދި ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ހޯދައިދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކަމުގައެވެ.