ސައުދި އަރަބިއްޔާގައި މަސައްކަތްކުރާ ޕާކިސްތާނުގެ ފިރިހެނަކު ސިމެންތި ކައުމުގެ ސަބަބުން ހާލު ދެރަވެ ފަރުވާކޮށްފިއެވެ. އުމުރުން 30 އަހަރުގެ މި މީހާ ސިމެންތި ކައިފާ ވަނީ އަމިއްލައަށް މަރުވުމަށް ކަމަށް ބައެއް ރިޕޯޓުތަކުގައި ވަނީ ބުނެފައެވެ.

ސިމެންތި ކެއުމުގެ ސަބަބުން އޭނާގެ ސިއްހީ ހާލަތު ވަނީ ވަރަށް ގޯސްެވެފައެވެ. އޭނާ ސިމެންތި ކެއުމުން މައިދާގެ އެތެރެ ހަރުވަމުން ދިޔައެވެ. މިއާއެކު މައިދާ ވަނީ އެއްކޮށް ބެދިފައެވެ. ސިމެންތި ކޭ ފަހުން އޭނާގެ ބަނޑުގައި ރިއްސާތީ އުޅުނުކަމަށް އޭނާގެ ބައެއް ރަހުމަތްތެރިންނާއި ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. އޭގެ ފަހުން އޭނާގެ ހާލު ދެރަވާން ފެށުމުން ވަނީ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ.

އޭނާ ސަލާމަތް ކުރުމަށް ޑަކްޓަރުން ވަނީ ތިންގަޑިއިރުގެ ބޮޑު އޮޕަރޭޝަނެއް ކޮށްފައެވެ. އަދި އޭނާގެ ބަނޑުން ސިމެންތިތައް ވަނީ ނަގާފައެވެ. ޑަކްޓަރުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި ސިމެންތީގެ ސަަބަބުން އޭނާގެ ބަނޑުގެ މަސްތަކަށް ވަނީ އެކިވަރުގެ ގެއްލުންވެފައެވެ. އެއާއި އެކު އެކަމަށްވެސް އޭނާއަށް ދަނީ ފަރުވާ ކުރަމުންނެވެ.

އޭނާ ސިމެންތި ކޭ ސީދާ ސަބަބެއް އަދި ހާމަވެފައި ނުވާއިރު، ގިނަބަޔަކު ބުނަމުން ދަނީ އޭނާ އަމިއްލަ އަށް މަރުވުމަށް ކުރި ކަމެއް ކަމަށެވެ. ނަމަވެސް ކަން ރަނގަޅަށް ސާފުވާނީ އޭނާގެ ވާހަކަތަށްވެސް އިވުމުންނެވެ.