ރާއްޖޭގެ ބައެއް ސަރަހައްދަށް މޫސުން ގޯސްވެ، އޮރެންގު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން އޮރެންޖު ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށެވެ. 

މިރޭ 10:30 އިން ފެށިގެން ދަންވަރު 2:30 އަށް އޮރެންޖު ސަމާލު ނެރެފައިވާ އިރު، އެ ސަރަހައްދުތަކަށް ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ނެރުނު ސަމާލުގައި ބުނެފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ ކުރިން އޮރެންޖް ސަމާލު ނެރެފައިވަނީ މެއި 15 ވަނަ ދުވަހާއި މެއި މަހުގެ 29 ވަނަ ދުވަހުއެވެ. މިއީ ރާއްޖެއަށް އޮރެންޖު ސަމާލު ނެރޭ3 ވަނަ ފަހަރެވެ.