ނިޕޯން ޕެއިންޓުން ޑިސްކައުންޓް ލިބޭ ވަރަށް ޚާއްޞަ ޕްރޮމޯޝަނެއް އެސްޓީއޯ އިން މިއަދު ފަށައިފިއެވެ. "އެ ކުލަ މި ކުލަ"ގެ ނަމުގައި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިޔުޝަން އިން ފެށި މި ޕްރޮމޯޝަން ކުރިއަށް ދާނީ މި އަންނަ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހާ ހަމައަށެވެ.

މި ޕްރޮމޯޝަންގެ ދަށުން އެސްޓީއޯ ހޯމް އިމްޕްރޫމަންޓް އަދި އެސްޓީއޯ ހުޅުމާލެ ފިހާރައިން ގަންނަ ނިޕޯން ޕެއިންޓްގެ ޕްރޮޑަކްޓްތަކުން %20 އާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އަދި ނިޕޯން ޕެއިންޓް ކުލަ އާއި ދަވާދު ގަންނަ ފަރާތްތަކަށް ޚާއްޞަ ލަކީޑްރޯއެއް ވެސް ކުރިއަށް ދާނެއެވެ. އެގޮތުން މި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނީ ނިޕޯން ޕެއިންޓްގެ ޕްރޮޑަކްޓްތަކުން 500 ރުފިޔާއިން މަތީގެ ވިޔަފާރި ކުރާ ފަރާތްތަކަށެވެ. މި ލަކީޑްރޯގައި ކޮންމެ ހަފުތާއަކު ނެގޭ ގުރުއަތުން ނަސީބުވެރި 1 ފަރާތަކަށް އިނާމު ލިބޭނެއެވެ. އަދި މި ޕްރޮމޯޝަން ނިމުމުން ނަސީބުވެރި 3 ފަރާތަކަށް ޑުބާއީ ދެކޮޅު ޓިކެޓް ލިބޭނެއެވެ.