އަވޭ (2020) - ޖައްވީ ދިރާސާތައް ކުރާ ބައިނަލްއަގްވާމީ ޓީމެއްގެ ފަޅުވެރިންތަކެއް ގޮވައިގެން 3 އަހަރު ދުވަހުގެ ދިގު ދަތުރަކަށް މާރސްއަށް ދިއުމަށް ކޮމާންޑަރ އެމާ ގްރީން ފުރަނީ އޭނާގެ ފިރިމީހާ އާއި އަންހެން ދަރިފުޅު ބަހައްޓާފައެވެ. މި އާއިލާ އަދި ބައްދަލުވާނެބާއެވެ؟

 

365 ޑޭޒް (2020) -  ސޭލްސް ޑިރެކްޓަރއެއް ސިސިލީއަށް ދިޔަ ދަތުރެއްގައި ގޭންގްސްޓަރއެއް އޭނާ ރަޙީންކުރެއެވެ. އަދި އެ ގޭންގްސްޓަރ އާއި ލޯބީގެ ގޮތުން ގުޅި އޭނާ ދެކެ ލޯބިވާން 365 ދުވަހުގެ މުހުލަތެއް ދެއެވެ. ސުވާލަކީ ސޭލެސް ޑިރެކްޓަރއަށް ގޭންގްސްޓަރ ދެކެ އެބުނި މުއްދަތުގެ ތެރޭގައި ލޯބިވެވޭނެ ހެއްޔެވެ؟

 

ބޮސް ބޭބީ (2020) - ބޮސްބޭބީ އާއި ވިލަންތަކެއްގެ މެދުގައި ބަދަލުހިފުމުގެ ކުރިމަތިލުމެއް ހިނގައެވެ. ބޮސްބޭބީއަށް އޭނާގެ ބޭބީ ކޯރޕްސް ސަލާމަތް ކުރެވޭނެތޯ އެއީ ހިތުގައި އުފެދޭ ސުވާލެކެވެ.

 

ޑާރކް ޑިޒަޔަރ (2020) - ކައިވެނިކޮށްގެން އުޅޭ އަންހެނެއް (އަލްމާ) އޭނާގެ އާއިލާއާއި ވަކިން ވަރަށް ނަސީބުދެރަ ހަފްތާބަންދެއް ހޭދަކުރެއެވެ. އަދި ވަރަށް ހިތްއެދޭ އުފާވެރިކޮށް ފެށިގެންދާ އެހަފްތާ ނިމިގެންދަނީ  ވަރަށް ބޮޑު ކަންތައްގަނޑަކާއި ކުރިމަތިލަމުންނެވެ. އަލްމާއަށް އޭނާގެ އާއިލާއާއި ގާތް މީހުންގެ ހަގީގަތް އެނގޭބާއެވެ؟

 

އިޓްސް އޯކޭ ނޮޓް ޓުބީ އޯކޭ (2020) - ސައިކޭޓްރިކް ހޮސްޕިޓަލެއްގައި މަސައްކަތްކުރާ މުވައްޒަފަކާއި ކާމިޔާބު ކުޑަކުދިންގެ އެންޓިސޯޝަލް ވާހަކަ ލިޔުންތެރިޔަކާއި ދެމެދު ހިނގާ ލޯބީގެ ހާދިސާތަކެއްގެ މައްޗަށް ކުޅެފައިވާ މި ފިލްމުގައި މިދެމީހުންގެ ދެމެދުގައި ހުރި ފަރަގު އެއްފަރާތްކޮށް އެދެލޯބިވެރިން އެކީގައި އުޅެވޭނެ ބާއެވެ؟ 

 

ސަޓާނާ (2020) - ޕޮލިހުގައި މަސައްކަތްކުރާ ދެބެންނެވެ. އެކަކު މީހުންނަށް އިންސާފް ހޯދުމުގައި މަސްއްކަތްކުރާ އިރު އަނެކަކީ ބަދަލުހިފުމުގެ ރޫހް އަށަގެންފައިވާ މީހެކެވެ. މިދެމީހުންނަށް ނުބައި މީހުންނާއި ދެކޮޅަށް ކާމިޔާބު ލިބޭނެ ހެއްޔެވެ؟ ނުވަތަ މިދެމީހުން އެކަކު އަނެކަކު މަރާލާނީ ހެއްޔެވެ؟  

 

ފްރީކްސް- ޔޫ އަރ ވަން އޮފް އަސް (2020) - ފްރައިޑް ފުޑްސް ކައްކާއަކަށް އޭނާގެ ގައިގައި ހާއްސަ ބާރެއް ވާކަން ފާހަގަވެއެވެ. މިކަމުގެ ފަހަތުގައި ހީލަތްތެރި ރޭވުމެއް ވޭބާއެވެ؟

 

ލަވް ގެރެންޓީޑް (2020) -  ގާނޫނީ ވަކީލެއް އޭނަގެ ކުޑަ ލޯފާރމް ސަލާމަތް ކުރުމަށްޓަކައި އޮންލައިން ޑޭޓިންގ ސައިޓަކާއި ދެކޮޅަށް ދައުވާ ކުރުމަށް ރީތި ފިރިހެނެއްގެ އަތުން ބޮޑުއަގުގައި ކޭސް އެއް ނަގައެވެ. މިދެމީހުންގެ ދެމެދުގައި ލޯބި ޔަގީންވާނެ ބާއެވެ. ނުވަތަ ނުވާނެ ބާއެވެ؟

 

ލޫސިފަރ (2016) - އެހެން ދުނިޔެއެއްގައި ދިރިއުޅެމުންދިޔަ ފަރުވާތެރި އަޅުމީހެއް އެމެރިކާގެ ލޮސްއެންޖަލްސް އަށް ފައިބާ އިންސާނިއްޔަތުކަން ރަނގަޅު ގޮތުގައި ދަސްކުރުމަށްޓަކައި ދުނިޔޭގައި އޭނާ ވަގުތުތަކެއް ހޭދަކުރެއެވެ.

 

އަކުއަރމެން (2018) - އެޓްލާންޓިސްގެ ކަނޑުއަޑީގައި ހުންނަ ކިންގްޑަމެއްގައި އިންސާނުންގެ ދަރިފަސްކޮޅަށް ނިސްބަތްވާ މީހަކު އުފަންވެއެވެ. އަދި ކަނޑުގެ ދުނިޔެއާއި ބިމާއި ދެމެދު ހިނގާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އޭނާ މަސައްކަތްކުރެއެވެ.