ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން، ދިރާގުން، ފައިބަރ އިންޓަރނެޓް އަދި ދިރާގު ޓީވީގެ ހިދުމަތް ށ.ފޯކައިދޫގައި ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ.
ފޯކައިދޫގެ ރައްޔިތުންނަށް ހާއްސަ ޕްރޮމޯޝަން އޮފާތަކާއެކު ދިރާގުގެ އިންޓަރނެޓްގެ ހިދުމަތާއެކު ދިރާގު ޓީވީ އިފްތިތާހު ކޮށްފައިވަނީ މިއަދުއެވެ.
ދިރާގުން ބުނީ މި ޕްރޮމޯޝަން އޮފާއިން އެންމެ ހަލުވި ސްޕީޑް އާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ހިޔާރު ކުރުމުގެ ރަނުގެ ފުރުސަތު އެ ރަށުގެ ކޮންމެ ކަސްޓަމަރަކަށްވެސް ލިބިގެންދާނެ ކަމަށެވެ.
ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖްއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމާއި ފައިބާ އަށް ބޭނުންވާ ހާއްސަ ރައުޓަރުގެ އިތުރުން ދިރާގު ޓީވީއަށް އެދޭ ކަސްޓަމަރުންނަށްވެސް ހިދުމަތް ގުޅައިދިނުމާއެކު ޑީކޯޑަރު މި ޕްރޮމޯޝަނަލް އޮފާގެ ދަށުން މުޅިން ހިލޭ ފޯކައިދޫގެ ރައްޔިއުންނަށް ފޯރުކޮށްދިނުމަށް ދިރާގުން ވަނީ ނިންމާފައެވެ.
ދިރާގުން ބުނީ، އެކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށާއި އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެކަމަށެވެ.
