މިއަދު ފާހަގަކުރާ އެސްޓީއޯގެ 57 ވަނަ އަހަރީ ދުވަހާ ގުޅިގެން ބާއްވާ ޚާއްޞަ ސޭލް ކުރިއަށް އެބަދެއެވެ. އެސްޓީއޯގެ ހުރިހާ އައުޓްލެޓެއްގައި ކުރިއަށްދާ މި ސޭލަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދާ ކަމަށް އެ ކުންފުނީގެ މާކެޓިން މެނޭޖަރ އަބްދުﷲ މުޙައްމަދު ވިދާޅުވިއެވެ.
އެސްޓީއޯ ސުޕަރމާޓާއި، ހުރިހާ ރީޖަނަލް ފިހާރަތަކެއްގައި މި ސޭލް ކުރިއަށްދާއިރު ގިނަ ބާވަތްތަކަކުން ވަރަށް ބޮޑު ޑިސްކައުންޓެއް ލިބިގެންދެއެވެ. އެގޮތުން އެސްޓީއޯ ހޯމް އިމްޕްރޫވަމަންޓުން %15 އާ ހަމައަށް ޑިސްކައުންޓް ލިބިގެންދާއިރު، ރީޖަނަލް ފިހާރަތަކުން %10 އާ ހަމައަށް، އަދި ސުޕަރމާޓުން %5 އާ ހަމައަށް ޑިސްކައުންޓު ލިބެއެވެ.
މިއަދު އެސްޓީއޯ ސުޕަރމާޓުގެ ކޮންމެ 57 ވަނަ ކަސްޓަމަރެއްގެ ބިލް މުޅިން ހިލޭ ވާނެއެވެ. އަދި ހޯމް އިމްޕްރޫވްމަންޓުން ވިޔަފާރިކުރާ ކޮންމެ 57 ވަނަ ކަސްޓަމަރަކަށް ޚާއްޞަ އިނާމެއްގެ ގޮތުގައި 32 އިންޗީގެ ޓީވީއެއް ލިބޭނެއެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ސޭލް ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން 20،000ރ. ގެ ވައުޗަރއެއް ލިބިގެންދާނެއެވެ.
މިއަދު އެސްޓީއޯގެ ފިހާރަތަކަށް ޒިޔާރަތްކުރާ އެންމެންނަށް ވެސް ހަދިޔާ ލިބޭނެއެވެ.
