އިންޑިޔާގެ ނިއުދިއްލީގައި ސުލަބް އިންޓަނޭޝަނަލްގެ ނަން ދެވިފައިވާ މިއުޒިއަމް އެއް ހުރޭ. މި މިއުޒިއަމަކީ އެހެން މިއުޒިއަމް ތަކާއެި ހިލާފަށް ފާހާނާތައްޓާއި ފާހާނާ ސިސްޓަމްތަަކަށް ހާއްސަކުރެވިފައިވާ މިއުޒިއަމެއް. މި ތަނުގައި 2500ބީސީ އިން ފެށިގެން މިއަދާއި ހަމަޔަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުން ކުރެވިފައިވާ ފާހާނާތައް ދައްކާލުމަށް ބެހެއްޓިފައި ހުރޭ. އަދި ފަހާނާތަކާއި ގުޅޭގޮތުން ތަފާތު މައުލޫމާތުތައްވެސް ޑިސްޕްލޭ ކުރެވިފައި ހުރޭ. އިޖީޕްޓް ގައި ބޭނުން ކުރެވުނު ގަދީމީ ފާހާނާ ތަށިތަކުން ފެށިގެން ގޮސް އެފްރިކާގައި ބޭނުން ކުރެވިފައިވާ، ފާހާނާ ކުރާ ތަކެތީ ވަސްނުދުވާ ކޮމްޕޯސްޓަކަށް ބަދަލު ކޮށްލާ ފާހާނާ ސިސްޓަމެއްވެސް މިތަނުގައި ބެހެއްޓިފައި ހުރޭ. މިތަނަށް ޒިޔާރަތް ކުރާ ފަރާތްތަކާއި މިތަނުގައި ބެހެއްޓިފައިވާ ފާހާނާ ތަށިތަކާއި ގުޅިގެން މައުލޫމާތު ދޭނެ ފަރާތްތައްވެސް ތިބޭ. މި މިއުޒިއަމަކީ 1992 ވަނަ އަހަރު ޑރ. ބިންޑޭޝްވަރު ޕާޓަކް ނަމަކަށް ކިޔާ ސޯޝަލް އެކްޓިވިސްޓެއް ރައްކާތެރި ފާހާނާ ނިޒާމެއް އޮތުމުގެ މުހިންމުކަމަށް ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި ހަދާފައިވާ މިއުޒިއަމެެއް.