ދިވެހި ރާއްޖޭގައި އެންމެ ނަން ހިނގާ ރެޕް ކުރޫ ކަމުގައި ވާ ސަމްބޮލިކް ރިކޯޑްސް އިން ސްރީލަންކާ ގެ ނަން މަޝްހޫރު ހިޕްހޮޕް އާޓިސްޓް އަދި ޕްރޮޑިއުސާ އިރާޖް ވީރަތުނޭ އާ އެކު ހިޕްހޮޕް އަލްބަމް ހެދުމުގެ މަސައްކަތް ފަށައިފިއެވެ. މައުލޫމާތު ލިބޭގޮތުގައި މި އަލްބަމް ހެދުމުގައި ރާއްޖޭ ގެ ތަރިން ގެ އިތުރުން ލަންކާ ގެ އާޓިސްޓުން ގެ ލަވަތައް ހިމެނިފައިވާނެއެވެ. ޔޫތް މިނިސްޓަރު އަޙްމަދު މަހްލޫފް ގެ އެހީތެރި ކަމާ އެކު ސިމްބޮލިކް އިން އިރާޖް އާއެކު 7 ސެޕްޓެމްބަރުގައި ބޭއްވި ބައްދަލުވުމުގައި މިކަން ކުރި އަށް ގެންދެވޭނެ ގޮތަކާއި، މިކަމާ ގުޅުން ހުރި އެހެން އެހެން ކަންކަމާއި މެދު މަޝްވަރާ ކޮށްފައިވެއެވެ. މިމަޝްވަރާތައް ކުރިއަށް ގެންދިއުމުގައި ސްރީލަންކާގެ ޔޫތު މިނިސްޓަރު ނަމާލް ރާޖަޕަކްސަގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން ދިޔަކަން މަހުލޫފް ކުރެެއްވި ޓްވީޓް އިން ފާހަގަ ވެއެވެ. މިއުޒިކް ހެދުމުގެ ކަންތައް ކުރަން ހަމަ ޖެހިފައި ވަނީ ސިމްބޮލިކް ގެ ސްޓޫޑިއޯ އަދި އިރާޖް ގެ ސްޓޫޑިއޯ ގައި ކަމައް ސިމްބޮލިކް އިން ބުނެފައިވެއެވެ. އަލްބަމް ހަދަމުން ދާާއިރުގަައި ދިވެހި އާޓިސްޓުން ނަށް ލަންކާ އިން ތަޖުރިބާ ލިބުމުގެ ފުރުސަތު ލިބިގެން ދާގޮތައް ލަންކާ ގެ އާޓިސްޓް ދިވެހި ރާއްޖެއިން ތަޖުރިބާ ހޯދުމެގެ ފުރުސަތު ލިބިގެން ދާނެއެވެ. ސިމްބޮލިކް ގެ އަޒުމަކީ ދިވެހި އާޓިސްޓުން ގެ ހުނަރު ބޭރުދުނިޔެ އަށް ދައްކާލުމެވެ. ދިވެހިންގެ ތެރޭ ގައި ރެޕް މަޝްހޫރު ވުމުގެ ފަހަތުގައި ސިމްބޮލިކްގެ ރޯލް ވަރަަށްބޮޑެވެ. އިރާޖް އަކީ ކުރީ ގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ސާނީ އާއެކު ވެސް މަސްޙޫރް ލަވަ ތަކެއް ހަދާފައި ވާ ހުނަރުވެރި އާޓިސްޓެކެެވެ
މުނިފޫހިފިލުވުން
ސިމްބޮލިކް ލަންކާާ އަށް

އެހެނިހެން ލިޔުން