ހަށިގަނޑަށް ބޭނުންވާ ފައިދާހުރި މާއްދާތަކުގެ ތެރެއިން އެކިކަހަލަ ވިޓަމިން ތަކަކީ ވަރަށް މުހިންމު މާއްދާތަކެކެވެ. އޭގެ ތެރެއިން ވިޓަމިން ޑީ އަކީވެސް އެހާމެ ބޭނުންތެރި މާއްދާއެކެވެ. މި ލިޔުމުގައި މި ބަލައިލަނީ ހަށިގަނޑުގައި ވިޓަމިން ޑީ އަދާ ކުރާ ދައުރުތަކަށެވެ.
ވިޓަމިން ޑީ އަކީ އިރުގެ ދޯދިތަކުން، އިންސާނާގެ ހަންގަނޑުގައި އުފައްދާ މާއްދާއެކެވެ. އަދި ވިޓަމިން ޑީ އަކީ ބައެއް ބާވަތްތަކުގެ ކާނާއިން ވެސް އިންސާނާއަށް ލިއްބައިދޭ މާއްދާއެކެވެ. ވިޓަމިން ޑީގެ ތެރޭގައި ވިޓަމިން ޑީ 1، 2 އަދި 3 ހިމެނެއެވެ.
މިއީ ހަށިގަނޑަށް އެކި އެކި ބޭނުންތައް ފުއްދައިދިނުމުގައި މަދަދުވެރިވާ މާއްދާއެކެވެ. އެގޮތުން ވިޓަމިން ޑީ އަކީ އިންސާނާ ކާ ކާތަކެތީގައި ހުންނަ ކެލްސިއަމާއި ފޮސްފަރަސް ނަމަކަށް ކިޔާ މާއްދާއެއް، ލޭގެ ތެރެއަށް ދެމުމަށް ނުވަތަ ނަގައިދުނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. އަދި ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ގުދުރަތީ ތަރުތީބު ހިފެހެއްޓުމަށްވެސް ވިޓަމިން ޑީ އަކީ މުހިންމު މާއްދާއެކެވެ. ހަށިގަނޑު ހެދިބޮޑުވުމާއި، ތަރައްގީވުމާއި އަދި ދަތްތަކާއި ކަށިތަކުގެ ބާރުގަދަ ކޮށްދިނުމާއި އެކު ބައެއް ބަލިތަކުން އިންސާނާ ދުރުކޮށްދޭންވެސް ވިޓަމިން ޑީ އެހީތެރިވެދެއެވެ.
ހަށިގަނޑުގައި ހުންނަ ވިޓަމިން ޑީ ގެ މިންވަރު މަދުވާނަމަ ނުވަތަ މަދުނަމަ ދިމައިވާ މައްސަލަތަކުގެ ތެރޭގައި މަޑުކަށިތަކުގެ ބާރު ދެރަވުމާއި އެކު ޖުމުލަކޮށް މުޅި ކަށިތަކުގެ ބާރު ދެރަވެ، ކަށިގަނޑުގައި ހޮއި އުފެދޭ ގޮތް މެދުވެރިވެއެވެ. ކަން މިހެން ދިމައިވެއްޖެނަމަ، ކަށިތަކުގެ ބާރު ދެރަވެ، އަނިޔާވުން ފަސޭހަވެއެވެ.
ހާސްކަމާއި ނުތަނަވަސް ކަމަކީ އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމަށް ބުރޫ އަރާނޭ ކަންކަމެވެ. ވިޓަމުން ޑީ އަކީ އިންސާނާގެ ހާސްކަން ފިލުވާލަދީ ނުތަވަސްކަން ކުޑަ ކުރުވުމަށް އެހީތެރިވެދޭ މާއްދާއެކެވެ. ބަރުދަން ލުއިކުރުމުގައިވެސް ވިޓަމިން ޑީ ދައުރެއް އަދާ ކުރާކަމަށް މަޝްހޫރު ސިއްހަތާ ބެހޭ މަޖައްލާ، ހެލްތްލައިންގައި ފާހަގަ ކޮށްފައިވެއެވެ.
ޖުމުލަގޮތެއްގައި އިންސާނާގެ ހަށިގަނޑުގައި ވިޓަމިން ޑީ އަދާ ކުރާ ދައުރުތަކަށް ބަލައިލެވުނީއެވެ. އެހެން ކަމުން އިސްވެ ދެންނެވުނު ކަންކަން އިންސާނާގެ ހަށިގަނޑުގައި ތަރުތީބު ވުމަށް ޓަކައި ވިޓަމިން ޑީ އަކީ މުހިންމު މާއްދާއެކެވެ. ކޮންމެ މީހަކީވެސް އެމީހެއްގެ ހަށިގަނޑަށް ބޭނުންވާ މިންވަރަކަށް ވިޓަމިން ޑީ ހޯދާނޭ މީހަކަށްވުން ވަރަށްވެސް މުހިންމެވެ. އާދޭހެވެ! އެ މިނެއް އަހަރެމެންނަކަށް މިނެ ކިރާކަށް ނޭނގޭނެއެވެ. ނަމަވެސް ކޮންމެ ދުވަހަކު، ނަމަވެސް ވިޓަމިން ޑީ ލިއްބައިދޭ ކާނާއެއް ނުވަތަ ލިއްބައިދޭ ކަމެއް ކުރުމަކީ މުހިންމު ކަމެކެވެ.
