ސުޝާންތު ސިންގު ގެ މަރުގެ މައްސަލައިގައި މުމްބައި ފުލުހުންނާއި، މަހާރަޝްޓްރާ ސަރުކާރަށް ކަންގަނާ ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. ބަހުގެ ހަމަލާތައް ހޫނުގެ މަހާރަޝްޓްރާ ސަރުކާރަށް ސަޕޯޓްކުރާ ބަޔަކު ކަންގަނާއަށް މަރުގެ އިންޒާރުދީ މުމްބައި އަށް ނޭރުމަށް ވަނީ އަންގާފައެވެ. މި ކަމުގެ ތެރޭގައި ޝިވް ސޭނާ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ސަންޖޭ ރާއުތު ވަނީ ވަރަށް ހުތުރު ބަހުން ކަންގަނާއަށް ނިސްބަތްކޮށް މީޑީޔާގައި ވެސް ވާހަކަ ދައްކާފައެވެ.
ވަރުގަދަ ބަހުގެ ހަމަލާތަކަށް ފަހު އެއްވެސް ފަރާތަކުން މާފަށް ނޭދޭނެ ކަމަށް ކަންގަނާ އަދި ސަންޖޭވެސް ވަނީ ބުނެފައެވެ. އަދި މަރާލިޔަސް ޖެހިލުމެއް ނެތްކަމާ ސެޕްޓެމްބަރ 9 ވަނަ ދުވަހު މުމްބައި އަށް އަރާނެ ކަމަށް ޖެހިލުން ކުޑަ ކަންގަނާ މީޑިޔާ މެދުވެރިކޮށް ވަނީ ބުނެފައެވެ. ހަމަ ނުޖެހުމަށް ހިތްވަރުދޭ ކަމަށް މަޝްހޫރު ޝިވް ސޭނާ ޕާޓީގެ މީހުން ހިމެނޭ މުނިސިޕަލް ކައުންސިލުން، މުމްބައި ގައި ހުންނަ ކަންގަނާގެ އޮފީހަށް ވަދެ އެތަންވަނީ ސުންނާފަތި ކޮށްފައެވެ. މި ޢަމަލު ކޮށްވެރިކޮށް ބޮލީވުޑްގެ ގިނަ ބަޔަކު އަންނަނީ ކަންގަނާއަށް ހިތްވަރު ދެމުންނެވެ.
ކަންގަނާއަކީ ބޮލީވުޑްގެ އެއްވެސް މީހަކާ ގުޅުމެއް ނެތި އަމިއްލަ މަސައްކަތުން ފިލްމްތަކުން ޖާގަ ހޯދާ ދެއްކި މޮޅު އެކްޓިންގެ ސަބަބުން ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދާފައިވާ ކުޅަދާނަ ފަންނާނެކެވެ. ނަމަވެސް ޖެހިލުން ކުޑަކަމާ ވިސްނާލުމެއްނެތި ބަސް ބުނުމުގެ ސަބަބުން އަބަދުވެސް ނޫސްތަކުގެ ސުރުޚީތަކަށް ކަންގަނާގެ ނަން އޮންނަނީ އަރާފައެވެ.
ލޮކްޑައުން ފެށުނު އިރުން ފެށިގެން ކަންގަނާ ހުރީ އޭނާގެ އުފަން ޓައުން މަނާލީގައެވެ. އިންޑިޔާގެ ހާލަތު މަޑުމަޑުން ރަގަޅު ވަމުން އަންނާތީ ފިލްމީ
މަސައްކަތްތައް ވެސް މިހާރު އަންނަނީ މަޑުމަޑުން ފަށަމުންނެވެ.
.
