ވޯޓަރ ކެނޮން ސެލިއުޓް ނުވަތަ ވޯޓަރ ސެލިއުޓް އަކީ މަތިންދާ ބޯޓު އައިސް ރަންވޭއަށް ޖައްސާ ވަގުތު އަލިފާން ނިއްވަން ބޭނުންކުރާ އުޅަނދުތަކެއް ބެނުން ކޮށްގެން މަތިންދާ ބޯޓު ނުވަތަ އުޅަނދުގެ ދެފަޅީގައި ތިބެގެން ފެނުގެ ގިޑިގެއެއް ނުވަތަ ގޭޓެެއް ސިފަވާނެހެން އާރޗްއެއްގެ ބައްޓަމަށް މަތިންދާބޯޓަށް ފެން ޖަހައިގެން ނުވަތަ ސްޕްރޭކޮށްގެން ކުރާ ސެލިއުޓަކަށް ކިޔާ ނަމެއް. މި ސެލިއުޓް އަކީ އެ އުޅަނދަކަށް ހާއްސަ ގަދަރެއް ދިނުމަށް، ޝުކުރު އަދާކުރުމަށް ނުވަތަ މަރަހަބާ ކިޔުމުގެ ގޮތުން ކުރެވޭ ސެލިއުޓެއް.

އާންމު ގޮތެއްގައި މިފަދަ ސެލިއުޓް ކުރަނީ ހަނގުރާމަ ތަކުން އެނބުރި އަންނަ މީހުންނަށް މަރްހަބާ ކިޔުމުގެ ގޮތުންނާއި ބޭރުގައުމު ތަކުގެ ވަފުދުތަކަށް މަރުހަބާ ކިޔުމުގެ ގޮތުންނާއި، އަލަށް ރަންވޭ އެއް ހުޅުވުން ނުވަތަ އަލަށް އެއަރލައިނެއްގެ ބޯޓެއް ރަންވޭއަކަށް ޖައްސާ ވަގުތު މަރުހަބާ ކިޔުމަށާއި މިފަދަ ހާއްސަ ހާލަތް ތަކުގައި އެ މުނަސަބަތުތައް ފާހަގަކުރުމުގެ ގޮތުން.

އެއްވެސް މީހަކަށް އަދި މިހާތަނަށް މިކަން ފެށިގެން އައި ވަކިތާރީހެއް ނުވަތަ ތަނެއް އެންގެން ނެތް ނަމަވެސް މި ސެލިއުޓަކީ  ކަނޑު އުޅަނދު ފަހަރުތައް އެންމެ އާންމުވީ ދުވަސްވަރު ޕޯޓުތަކަށް ވަދެ ނިކުންނަ އިރު ހަމަ މި އުސޫލުން ކުރެވުނު ސެލިއުޓެއް. ކަނޑު ބޯޓު ނުވަތަ އުޅަނދު ތަކަށް ފެންޖެހުމަށް ބޭނުން ކުރަނީ ކަނޑުގައި ދުއްވާ އަލިފާން ނިއްވާ އުޅަނދުތައް.އެހެން ކަމުން މި ސެލިއުޓަކީ މިގޮތަށް އައި ހިޔާލަކަށްވުންވެސް އެކަށީގެންވޭ. މި ސެލިއުޓް އާންމުގޮތެއްގައި ކުރެވެން ފެށީ ސޯލްޓް ލައިކް ސީޓީ އިންޓަނޭޝަނަލް އެއަރޕޯޓުގައި ވަޒީފާއިން ރިޓަޔަރވާ ޑެލްޓަރ އެއަރލައިންގެ ކެޕްޓަނުންގެ ޝަރަފުގައި މިގޮތައް ސެލިއުޓް ކުރަން ފެށުމާއި އެކީގަ.