އެމެރިކާގައި ވަޒަންވެރި ވެގެން އުޅޭ ސުޝާންތުގެ ދައްތަ ޕްރިޔަންކާ ސިންގް ކިރްތީވަނީ އޭނާގެ ޓްވިޓަރގައި ސުޝާންތުގެ އަސަރު ގަދަ ވީޑިއޯ އެއް ހިއްޞާ ކޮށްފައެވެ. މި ވީޑިއޯގައި ފެންނަނީ 2019 ވަނަ އަހަރު ނެރުނު "ސޯންޗިޅިޔާ"ގެ ޝޫޓިންގެ ހިނގި ދުވަސްވަރު ސުޝާންތު އޭނާގެ އަތުން ކުޑަ ކުއްޖަކަށް ކާންދޭ މަންޒަރެވެ. މިއީ ފިލްމުގެ ބައެއް ނޫނެވެ.
ވީޑިއޯ އާންމު ވުމާއި އެކު ގިނަ ބަޔަކު ވީޑިއޯއަށް ތަޢުރީފްކޮށް ސުޝާންތުގެ ހަނދާން އާ ކުރަމުންދާ އިރު ގިނަ ބަޔަކު ވަނީ ސުޝާންތުގެ މަރަށް އިންސާފު ހޯދުމަށް ގޮވާލާ ހޭޝްޓެގް ޖަހާފައި މި ވީޑިއޯ ޝެއަރ ކުރަމުންނެވެ. މި ވީޑީއޯ ޕޯސްޓް ކުރިތާ 16 ގަޑިއިރުގެ ތެރޭގައި ހަތަރު ލައްކައަށް ވުރެ ގިނަ މީހުންވަނީ ވީޑިއޯ ބަލާފައެވެ. އެއްލައްކައަށް ވުރެ ގިނަ މީހުން ލައިކް ދީފައިވާ މި ވީޑިއޯއަށް 4 ހާހާ ގާތަށް މީހުން ކޮމެންޓް ކޮށްފައިވެއެވެ.
"ލޯތްބާއި އަޅާލުމުން ފުރިފައިވާ ރީތި ހިތެއްގެ ވެރިއެއް" ގެ ގޮތުގައި ސުޝާންތު ސިފަކޮށް އޭނާގެ ދައްތަ އާންމުކުރި ވީޑިއޯ އާއި އެކު ލިޔެފައިވަނީ، ކޮންމެ މީހަކަށްވެސް އެމީހެއްގެ އަމަލު ތަކުގެ ބަދަލު ލިބޭނެ ކަމަށާ، އެހެން މީހަކާ މެދު ދެރަކޮށް އަމަލުކުރަންވާނީ އެކަން އެމީހަކަށް ފެންނާނެކަމަށް ތައްޔާރުވެގެން ހުރެ ކަމަށެވެ. ބެލެވޭ ގޮތުގައި މި ބަސް ރައްދުވަނީ ސުޝާންތުގެ މަރުގެ ތުހުމަތު ކުރެވޭ ރިޔާ ޗަކްރަބަރްތީއަށެވެ.
https://www.youtube.com/watch?v=Af_B0TsRcxI
