މިދުވަސްކޮޅު ނޫސްތަކުގެ ފަލަ ސުރުޚީތަކުން ފެންނަ ރިޔާ ޗަކްރަބަރްތީ ހައްޔަރު ކުރި ދުވަހު އޭނާ ލައިގެން ހުރި ޓީޝަރޓްގައި ލިޔެފައިވާ ލިޔުން ކޮޅުގައި ފޮރުވިފައިވާ މާނަ ނޭނުގުނު ނަމަވެސް ވެސް ބައެއް ފިލްމް ސްޓާރުންވަނީ އެލިޔުންކޮޅު ޓްވީޓް ކޮށް އެމީހުން ރިޔާއާއި އެކުގައި ތިބިކަން ދައްކާފައެވެ. މި ބަސްކޮޅުގެ ފޮރުވިފައިވާ މާނަ ހީވެސް ނުކުރާހާ ތަފާތެވެ.

ފިރިހެނުން އިސްވެތިބެ އެމީހުންގެ ބާރު އަންހެނުންގެ މައްޗަށް ފޯރުވާ ފޯރުވުން ހުއްޓުވަން އެކުގައި މަސައްކަތް ކުރުމަށް ހިތްވަރުދީފައިވާ މި މެސެޖް ލިޔެފައިވާ ޓީޝަރޓް ރިޔާ ލުމުން ގިނަ ބަޔަކު ހީކުރީ އޭނާއާއި މެދު ނާއިންސާފުން ތަހުގީގު ހިނގަމުންދާ ކަމަށް ގަބޫލު ކުރާ ބަޔަކު އެކަމަށް ދެކޮޅު ހެދުމުގެ ގޮތުން ބޭނުން ކުރި ބަސް ކޮޅެއް ކަމަށެވެ. ނަމަވެސް ކަމުގެ ހަގީގަތް އެނގުނު އިރު މިކަމާ ސުޝާންތުގެ މަރު ނުވަތަ ރިޔާ އާއި މެދު ހިންގޭ ތަހުގީގާ އެއްވެސް ގުޅުމެއް ނެތެވެ.

މި ލިޔުން ކޮޅަކީ މައްސަރުގެ ދުވަސްވަރު ސާފުތާހިރުކަން އިސްކުރުމުގެ މުހިންމު ކަމާމެދު މީހުން ހޭލުންތެރި ކުރުވުމަށް ހިންގޭ ކެމްޕޭނެއްގެ ޓީޝަރޓެވެ. މީގެ ކޮންމެ ޓީޝަރޓެއް ވިކުމުން އެއިން ލިބޭ ފައިދާ އިން އަންހެން ކުއްޖަކު އެއް އަހަރު ދުވަހު ބޭނުން ކުރާނެ "ޕެޑް" ގެ ޚަރަދު ލިބޭނެއެވެ. ދިޔާ މިރްޒާ، ރަހުލް ބޯސް އަދި ތަންމޭ ބަޓް ފަދަ ތަރިންނަކީ މި ކެމްޕޭނަށް ވާގިދޭ ފަންނާނުންނެވެ.