އިންޑިޔާގެ ފިރިހެނެއްގެ ބަނޑުން ދިގު ފަންޏެއް ނަގައިފިއެވެ. އުމުރުން 48 އަހަރުގެ މި މީހާ ހޮސްޕިޓަލަަސް ގޮސްފައިވަނީ ބަނޑުގައި ރިހިފައި ހުންނަތާ 2 މަހެއްހާ ދުވަސް ފަހުންނެވެ. މީގެ އިތުރުން އޭނާގެ ގައިގައި ވަރު ނުހުންނަ ކަމަަށްވެސް ރިޕޯޓުތައް ބުނެއެވެ.
"މެޑިކޭސް އޮރިޖިނަލް" ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާގެ ބަނޑުގެ ސްކޭންތަކެއް ހެދުމުން ގޮހޮރުގައި ދިގު ފަންޏެއް ވާތީ ފެނުނެވެ. އަދި އެފަނި މައިދާ އާއި ކައި އަށްވެސް ވަނީ ގޮސްފައެވެ. "މެޑިކޭސް އޮރިޖިނަލް" ގައި އިތުރައް ބުނެފައިވާ ގޮތުން ޑަކްޓަރުން ފުރަތަމަ އުޅުނީ ހޭނައްތައިގެން އޭނާގެ ފުރަގަސްފަރާތުން އެ ފަނި ނަގާށެވެ. ނަމަވެސް ހާލަތު ނިޔާކުރިގޮތުން ޑަކްޓްރުންގެ ހިޔާލު ބަދަލުވެ، އޭނާގެ އަނގައިން ކެމެރާއާއި ހޮޅި ކޮއްޕައިގެން މައިދާހގެ ތެރެއިން ގޮހޮރުގެ ތެރެއަށް ގޮސް އެ ފަނި ނަގާފައި ވަނީ އޭނާގެ އަނގައިންލާފައެވެ.
އެ ފަނީގެ ގިދުމިނުގައި 188 ސެންޓިމީޓަރު ހުރިކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެއީ ޓެޕް ވާމް ނަމަކަށް ކިޔާ ފަންޏެއް އާއިލާގެ ފަންޏެއް ކަމަށްވެސް ރިޕޯޓުކޮށްފައި ވެއެވެ. އެ ބާވަތުގެ ފަންޏަށް "ޓީނިއާ ސޮލިއުމް" އޭ ވެސް ކިޔައެވެ.
މި ފަނި އިންސާނާގެ ގޮހޮރުގައި އުފެދެނީ ނުސާފު ފެން ބުއިމާއި މަހުގެ ބާވަތްތައް ރޯ ނުފިލުވާ ކެވުމުންނެވެ. ގޮހޮރުގައި މި ފަނި އުފެދުމާއި އެކު، އެސޮރުގެ ކާނާ ހޯދާނީ ގޮހޮރުންނެވެ. ފަނިވުމޭ މި ކިޔާ ހާލަތަކީވެސް މި ބާވަތުގެ ފަންޏަކުން ނުވަތަ ފަނިތަކަކުން ކުރިމަތިވާ ކަމެކެވެ.
