ޕިއްޒާ މައްމާ މިއާ އިން ހުކުރު ދުވަހަށް ޚާއްޞަ ބޮޑު ޑިސްކައުންޓް ދޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. އާއިލާއާއި އެކު އާއްމުކޮށް ހޭދަކުރާ ދުވަސް ކަމަށްވާ ހުކުރު ދުވަހަށް ޚާއްޞަ ކޮށްގެން، މިހަފްތާގެ ހުކުރު ދުވަހުން ފެށިގެން ކުރިއަށްދާ މި ޕްރޮމޯޝަންގައި ޕިއްޒާ މައްމާ މިއާގެ ހުރިހާ ޕިއްޒާއަކުން %30 ޕަސެންޓްގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ.

ކޮވިޑް 19 އާއި ގުޅިގެން އިޖްތިމާޢީ ގައިދުރުކަން ޤާއިމް ކުރުމާއި އެކު ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ޚިދުމަތްދެމުން އަންނަ ޕިއްޒާ މައްމާ މިއާގެ ޕިއްޒާގެ ރަހަތަކަކީ ކަސްޓަމަރުންގެ މަޤުބޫލުކަން ހޯދާފައިވާ ރަހަތަކެކެވެ. ރާއްޖޭގައި އުފެދުނު ޕިއްޒާގެ އެންމެ މޮޅު އެއް ދިވެހި ޝެފްގެ ބެލުމުގެ ދަށުން ޕިއްޒާ މައްމާ މިއާ އިން އުފައްދާ ކޮންމެ ޕިއްޒާ އަކީވެސް ޚާއްޞަ ޕިއްޒާއެކެވެ.

ހަފްތާ ބަންދުގައި އާޢިލާއާއި އެކު ވަގުތު ހޭދަކޮށްލާއިރު، މި އުފާވެރި ވަގުތު ކޮޅުގައި ރަޙަމީރު ޕިއްޒާއަކަށް އިންސާފުކޮށްލުމަކީ އެވަގުތު އާއިލާއާއި ރަޙުމަތްތެރިންގެ މެދުގައި އުފާވެރިކަން އިތުރު ކޮށްދޭނެކަމެއްކަން ޔަޤީނެވެ. ޕިއްޒާ މައްމާ މިއާގެ ޕިއްޒާއަށް އޯޑަރ ދެއްވުމަށް ގުޅުއްވާނީ 4009090 ނުވަތަ 7780550 އަށެވެ.