މޫދުގައި އުޅޭ ވެހި މަސްތަކުގެ ތެރެއިން ތާވަޅަ އަކީ ވަރަށް އާންމު މަހެއް، ކަނޑުތަކުގައި ޖަމާއަތް ހަދައިގެން އުޅޭ މި ބާވަތުގެ މަސް ދުވާލުގެ އަލިކަމުގައި ކަނޑުގެ ތިލަ ހިސާބުތަކަށް އަރާ. ގިރި ގިރިއަށާއި ފަރު ފަރަށާއި ފަޅުތަކަށް ވަދޭ. ތާވަޅަ ވަކިން ބައި ހަދާފައި އުޅޭއިރު ބައެއް ފަހަރަށް މުށިމަހާއި ކުންބަޅައިގެ ތެރޭގައިވެސް ތާވަޅަ ތިބޭ.
ދުވާލުގެ ވަގުތު ކަނޑުގެ ތިލަ ހިސާބުތަކަށް ތާވަޅަ އަރަނީ، އެސޮރުމެންގެ ކާނާ ހޯދަން. މޫދުގައި ހުންނަ ކުދި ޑިނގައައާއި އެކި ކަހަލަ "ޒޫޕްލެންކްޓަން" ކައި އުޅޭ. ތާވަޅަ އަކީ ބޮޑެތި މަސްމަހުގެ ކާނާއެއް. އެގޮތަށް އިންސާނުންވެސް، ތާވަޅަ ހިފާ، ކައި އުޅޭ.
ތާވަޅަ އަކީ ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ލިއްބައިދޭ މަހެއް. ތާވަޅައިގައި ގިނަ އަދަދަކަށް ވިޓަމިނާ މިނަރަލް އެކުލެވިގެން ވޭ. ހާއްސަކޮށް ބީ-12 އަދި ވިޓަމިން ޑީ. މީގެ އިތުރަށް މިއީ ކެލްސިޔަމުންވެސް މުއްސަނދި ވެފައިވާ މަހެއް. އަދި ތާވަޅަ އަކީ އޮމެގާ-3 ގިނަ އަދަދަކަށް ލިއްބައިދޭ ގުދުރަތީ އެއް ބާވަތް.
ތާވައަޅީ ބުޅީގައި އެހާ ފަސޭހައިން ގަންނަ މަހެއް ނޫން. އާންމު ގޮތެއްގައި ތާވަޅަ ހިފަނީ ދާ ޖަހައިގެން. ނަމަވެސް ތާވަޅައިގެ ބޮޑެތި މަސްގަނޑުތަކުގައި "އަޅުވާ" ބުޅި ލައިގެން، ތާވަޅަ އަޅުގައިގެންވެސް ބޭނިދާނެ. ވެހި މަހުގެ މަސްގަނޑުތަކަކީ ވަރަށް ބޮޑެތި މަސްގަނޑުތަކެއް. މަތިންދާ ބޯޓުފަހަރުތަކަށްވެސް މިފަދަ ބޮޑެތި މަސްގަނޑުތައް ރީތިކޮށް ފެންނަން ހުންނާނެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން