ކާމިޔާބު އެނިމޭޓެޑް ޝޯ މާކަނާ ޕްރޮޑިއުސަރ އަދި އެނިމޭޓަރ ޔާމިން ރަޝީދުގެ އެނިމޭޓެޑް ކުރު ފިލްމް "ޕެރަގޮންސް އޮފް ބުލެވަރ"އަށް ސިންގަޕޫރުގައި ބޭއްވި "ވޯލްޑް ފިލްމް ކާނިވަލް" ގެ ކްރިޓިކްސް ޗޮއިސް އެވޯޑް ލިބިއްޖެއެވެ. މި އެވޯޑް ޔާމީންގެ ފިލްމަށް ލިބިފައިވަނީ އެމެރިކާ އަދި ކެނެޑާގެ ފިލްތަކާއި ވާދަކޮށެވެ. މި އެވޯޑަކީ ރާއްޖޭގެ އެނިމޭޓަޑް ފިލްމަކަށް ދުނިޔޭގެ ފެންވަރުގެ އެވޯޑެއް ލިބިގެން ދިޔަ ފުރަތަމަ ފަހަރެވެ. 
މި އެވޯޑް ލިބުމާއި ގުޅިގެން ޔާމީން ރަޝީދް އޭނާގެ ފޭސްބުކް ޕޭޖް ގައި ލިޔެފައިވަނީ " މިފަދަ އިންޓަނޭޝަނަލް އެވޯޑެއް ފުރަތަމަ ފަހަރަށް ރާއްޖޭގެ އެނިމޭޓެޑް ފިލްމަކަށް ލިބިގެން ދިޔުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު ޝަރަފަކާއި އުފަލެއް ކަމަށް. އަދި މި މޮޅަކީ މުޅި ގައުމަށް ލިބިގެން ދިޔަ މޮޅެއް ކަމަށް."

މާކަނާ ޝޯއިން ދިވެހިންގެ ސަމާލުކަން ހުއްޓިގެން ދިޔަ ޔާމިން ރަޝީދް އަކީ ރާއްޖޭގެ އެނިމޭޝަންގެ ދާއިރާ އިތުރު ހަރުފަތަކަށް ގެނެސްދިން ހުނަރުވެރި ފަންނާނެކެވެ. އެގޮތުން ޔާމިން ވަނީ ސެލްމިން އެނިމޭޝަންގެ ނަމުގައި ސްޓޫޑިއޯއެއް އުފައްދާ މި ކޮމްޕެނީގެ ދަށުން ގިނަ އެނިމޭޓެޑް މަސައްކަތްތަކެއް އާންމުންނާއި ހަމަޔަށް ގެނެސްދީފައެވެ.