އައްލޫ އަރްޖުންއަކީ ވަރަށް ގިނަ ތަމަޅަ ފިލްމުތައް ކުޅެމުން އަންނަ އިންޑިއާގެ މަޝްހޫރު އެކްޓަރެކެވެ. އައްލޫއަކީ ތަމަޅަ ފިލްމުތައް ބަލާ ދިވެހިންގެ މެދުގައި އާ މޫނަކަށް ނުވާނެއެވެ. އޭނާއަކީ ދެކުނު އިންޑިއާގެ އެންމެ މުސާރަބޮޑު އަދި ނެށުމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ފަންނާނެވެ. 
އައްލޫ ފިލްމީ ދާއިރާއަށް ތައާރަފުވީ 2003 ވަނަ އަހަރު، ކޭ ރަގަވެންދްރަ ރާއޯގެ ފިލްމު "ގަންގޯތްރީ" އިންނެވެ. އެއީ ހިޓްވި ފިލްމެކެވެ. އޭގެފަހުން އޭނާ ކުޅުނު ހުރިހާ ފިލްމަކީވެސް ގާތްގަނޑަކަށް ހިޓްވި ފިލްމުތަކެވެ. އެގޮތުން 2008 ވަނަ އަހަރު އޭނާ ފެނިގެންދިޔަ ލޯބީގެ ޑްރާމާއެއް ކަމަށްވާ "ޕަރުގޫ" އިން ދެއްކި ހުނަރުން ތަމަޅަ ފިލްމްފެއަރ އެވޯޑްސްގައި "ބެސްޓް އެކްޓަރ" ކަމުގެ އެވޯޑްވެސް އޭނާއަށް ލިބިގެންގޮސްފައިވެއެވެ.


އައްލޫ ފެނިގެންދިޔަ ފާހަގަކޮށްލެވޭ އެހެން ފިލްމުތަކަށް ބަލާއިރު، "އާރްޔާ 2 (2009)" އާއި "ވެޑަމް (2010)" އާއި "ޖުލަޔީ (2012)" އާއި "ރޭސް ގުއްރަމް (2014)" އާއި "ސަތްޔަމުރްތީ (2015)" އާއި "ރުދްރަމަދޭވީ (2015)" އާއި "ސަރައިނޮޑޫ (2016)" އާއި "ޑީޖޭ: ދުއްވަޑާ ޖަގައްނަދަމް (2017)" އާއި "އަލަ ވައިކުންތަޕައްރަމުލޫ (2020)"، އަދި "ޕުޝްޕާ- ދަ ރައިޒް (2021) ފަދަ ފިލްމްތައް ހިމެނެއެވެ.  
"ވިޖެތާ (1985)" ގައި އަދާކުރި ކުޑަކުއްޖެއްގެ ރޯލާއި، "ޑެޑީ (1986)" ގައި ނެށުންތެރިއެއްގެ ރޯލުގައި ފެނިގެންދިއުމަށްފަހު، އައްލޫ މައިގަނޑު ރޯލުގައި ފުރަތަމަ ފެނިގެންދިޔައީ "ގަންގޯތްރީ" އިންނެވެ. އެއަށްފަހު ދެން އަރްޖުން ފެނިގެންދިޔައީ ސުކުމާރުގެ "އާރްޔާ" ގައެވެ. އޭނާ އެފިލްމުގައި ކުޅެފައިވަނީ ވަރަށް އިންޑިޕެންޑެންޓް މީހެއް "އާރްޔާ" ގެ ރޯލެވެ. އެފިލްމުގައި ގީތާ (އަނޫ މެހްތާ) އެކަނިއުޅޭ މިޒާޖެއްގެ އަންހެންކުއްޖަކު ދެކެ އައްލޫ ލޯބިވެގެން އުޅެއެވެ. މިފިލްމަކި އޭނާގެ ފިލްމީ ދާއިރާގެ ފެށުމެވެ. އަދި ފިލްމްފެއަރ "ބެސްޓް ތެލުގޫ އެކްޓަރ އެވޯޑަށް" ފުރަތަމަ ނޮމިނޭޓްވީވެސް މިފަހަރުއެވެ. ހަމަމިއާއެކު "ނަންދީ ސްޕެޝަލް ޖޫރީ އެވޯރޑް"އާއި "ނަންދީ އެވޯރޑްސް އޮފް 2008" ވެސް އޭނާއަށް އެހަފްލާގައި ދެވުނެވެ. 

މީގެ އިތުރުން 02 ސިނެމާ އެވޯޑް، ބެސްޓް އެކްޓަރ އަދި ބެސްޓް އެކްޓަރ ޖޫރީވެސް އޭނާއަށް ލިބުނެވެ. "އާރްޔާ" އަކީ ފާޑުކިޔުންތަކާއެކުވެސް ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމެކެވެ. މިފިލްމުގެ ސާފު ފައިދާ 30 ކަރޯޑް އިންޑިއަން ރުޕީސްއަށް އަރައެވެ. މިފިލްމް ޕްރޮޑިއުސް ކޮށްފައިވަނި 4 ކަރޯޑް އިންޑިއަން ރުޕީސްގެ ބަޖެޓަކުންނެވެ. 2006 ވަނަ އަހަރު މިފިލްމް ޑަބްކޮށް ކެރެލާގެ މަލަޔާލަމްގައިވަނީ ރިޒީޒްކޮށްފައެވެ.
އައްލޫ އަރްޖުން އުފަންވެފައިވަނީ 08 އެޕްރީލް 1982ވަނަ އަހަރު މަދާރަސް (މިހާރުގެ ޗެންނާއީ) ގެ ތަމަޅަ ޢާއިލާއަކަށެވެ. އެއީ ފިލްމް ޕްރޮޑިއުސަރ އައްލު އަރަވިންދު އާއި ނިރްމަލާއަށެވެ. އައްލޫ މިހާރު ދިރިއުޅުއްވަނީ ސްނޭހާ ރެޑީއާ ކައިވެނި ބައްލަވައިގެންނެވެ. އެދެމީހުންގެ ދެދަރިން ތިބެއެވެ. ފިރިހެން ދަރިއަށް ކިޔަނީ އަޔާންއެވެ. އަދި އަންހެން ދަރިއަށް ކިޔަނީ އަރްހާއެވެ.