އެސްޓީއޯ އިން ކޮންމެ އަހަރަކުވެސް ރަމަޟާން މަހަށް ޚާއްސަ ކޮށްގެން ކުރިޔަށް ގެންދާ ރަމަޟާން ސޭލް މި ހިނގާ ފެބްރުއަރީ މަހުގެ 10 ޔަކުން އެޕްރިލް މަހުގެ 30 ހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ބުނެފިއެވެ. އެހެން އަހަރު ތަކެކޭ އެއްފަދައިން މިއަހަރުގެ ސޭލްގައިވެސް ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓް ތަކެއް ލިބިގެންދާނެކަމަށް އެސްޓީއޯއިން މައުލޫމާތުދީފައިވެއެވެ. މި ޕްރޮމޯޝަން މިވަގުތު ކުރިޔަށް ދާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ އިތުރުން އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުގައެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓު އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގެ ހޯމްއިމްޕްރޫވްމަންޓް މުދަލުން %40 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. ކޮންމެ 1000ރ (އެއްހާސް ރުފިޔާ) ގެ ވިޔަފާރިޔަކަށް ކޫޕަނެއް ލިބޭ މި ޕްރޮމޯޝަންގައި ހުރިހާ އައުޓްލެޓް ތަކުން ކޮންމެ ހަފްތާއަކު އެއް ނަސީބުވެރި ފަރާތް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގްރޭންޑް ވިނާރ ގެ ގޮތުގައި މުޅި ޕްރޮމޯޝަންގެ ތެރެއިން ނަސީބު ވެރި އެއް ފަރާތަކަށް ޓާރކީ ދެކޮޅު ޓިކެޓް ދެމީހަކަށް ލިބުމުގެ ފުރުސަތު އޮންނާނެއެވެ. އަދި މީގެ އިތުރުން ދަތުރުގެ އެލަވެންސް ގެ ގޮތުގައި 1000 ޑޮލަރު ދިނުމަށް އެސްޓީއޯއިން ވަނީ ނިންމާފައެވެ.

އިތުރު އިނާމުގެ ގޮތުގައި މުޅި ޕްރޮމޯޝަންގެ ތެރެއިން ނަސީބު ވެރި 10 ފަރާތަކަށް އަގުހުރި އިނާމްތަކެއް ލިބިގެންދާނެއެވެ.

2022 ވަނަ އަހަރުގެ ރަމަޟާން ބާޒާރުގައި އެސްޓީއޯއިން އަލަށް ޑިޖިޓަލް ކޫޕަން ތައާރަފް ކޮށްފައިވާއިރު އެސްޓީއޯގެ އަމާޒަކީ ކުންފުނީގެ އޮޕަރޭޝަން ތަކުގައި ކަރުދާސް ބޭނުން ކުރުން ވީހާވެސް މަދުކޮށް ތިމާވެއްޓާއި ރައްޓެހި ގޮތްގޮތަށް ކުންފުނީގެ އޮޕަރޭޝަންސް ބައްޓަން ކުރުމެވެ.

އެސްޓީއޯ ސުޕަރމާޓްގައި ރަމަޒާން ބާޒާރު ސޭލް މާޗް މަހުގައި ފެށޭނެއެވެ.