ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެލުގެ އަގު މަތިވަމުން ދިޔުމާއި ގުޅިގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނެސްފިއެވެ.

އެސްޓީއޯއިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަނީ ހިފެހެއްޓުމެއްނެތި އުފުލެމުންކަމަށާއި މިހެން ދިމާވުމާއި ގުޅިގެން އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.

ތެލުގެ އަގަށް މިގެނައި ބަދަލާއެކު ކުރިން 12.06 ރުފިޔާ އަށް ހުރި ޕެޓްރޯލް ލީޓަރެއް ދެން ލިބޭނީ 12.98 ރުފިޔާއަށެވެ.

އަދި ކުރިން 12.44 ރުފިޔާއަށް ލިބުނު ޑީސަލް ލީޓަރެއް ދެން ލިބޭނީ 13.04 ރުފިޔާއަށެވެ.

އެސްޓީއޯއިން މިދިޔަ މަހުގެ 21 ވަނަ ދުވަހުވެސް ވަނީ ތެލުގެ އަގަށް ބަދަލުގެނެސްފައެވެ. އެފަހަރުވެސް އެސްޓީއޯއިން ތެލުގެ އަގަށް ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި އެސްޓީއޯއާށް ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވުމާއި ގުޅިގެންނެވެ.