މިދިޔަ 24 ގަޑިއިރު ތެރޭ 70 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 9243 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 48 ދިވެއްސަކާއި 22 ބިދޭސީން ކަމަށެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭހައި ރާއްޖެއިން 70 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، 210 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އެއާއެކު
އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު ވަނީ 7536 އަށް އަރާފައެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 33 މީހަކު ވަނީ މަރުވެފައެވެ. އެއީ 27 ދިވެއްސަކާއި ބަންގުލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސްގެ މީހެކެވެ.s
