މިދުވަސް ވަރު އެންމެ ބާރަށް ދެކެވޭ އެއްވާހަކަ އަކީ ސިޔަސީ ގޮތުން "އިންޑިއާ އުއުޓްގެ" ވާހަކަ އެވެ. އެއާއި އެކުގައި ޙަބަރު ތަކުގެ ފަލަ ސުރުހީތަކުން ދެން ފެންނަން ފެށި ވާހަކަ އަކީ އިންޑިއާ އައުޓް ނުވިޔަސް "އިންޑިއާ ފޯއް" މިފަހަރު އައުޓް ވެދާނެ ކަމުގައި ބުނެ ދެކެވެން ފެށި ވާހަކަ އެވެ. މި ވާހަކަ ތަކާއި އެކުގައި ތިލަވެގެން އައި ނަމަކީ އިންޑޯ ރާއްޖެ މިނަމެވެ.

އިންޑޯރާއްޖެ އަކީ ކޮބާ؟
މި ސުވާލަށް ޖަވާބު ހޯދައި ލުމަށްޓަކައި އިންޑޯ ރާއްޖެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ޔާސީން ސިރާޖް އަށް ގުޅައި ލުމުން ބުނީ އިންޑޯ ރާއްޖެ ކުންފުންޏަކީ ޔާސީން ސިރާޖް އަދި މަޝްހޫރު ވިޔަފާރި ވެރިޔާ ޖައުފަރު އީސާ އާދަމް (ޖޭޖޭ) ހިއްސާވާ ޓްރޭޑިންގ ކުންފުންޔެއް ކަމުގައެވެ.

އަދި މި ކުންފުންޔަކީ އިންޑޮނޭޝިއާގައި ރެޖިސްޓްރީ ކުރެވިފައިވާ ދިވެހިންގެ މަސްލަހަތު އޮންނަ އިންޓަނޭޝަނަލް ކުންފުންޏެކެވެ. ޔާސީން ބުނި ގޮތުގައި އިންޑޯރާއްޖެ އުފެދިގެން ކުޑަދުވަސް ކޮޅެއް ވެފައި ވީނަމަވެސް މިހާ ހިސާބަށް އައިއިރު ވިޔަފާރިއަށް ވަރަށްބޮޑެތި ކުރި އެރުން ތަކެއް ހޯދިފައިވާކަމަށެވެ.
އިންޑޯރާއްޖޭގެ ހިދުމަތް ތަކަކީ ކޮބާ؟
އިންޑޯރާއްޖެ ކުންފުނިން ދޭ ހިދުމަތް ތަކާއި ގުޅޭ ގޮތުން ޔާސީން ބުނީ ކުންފުންޔަކީ އިންޑޮނޭޝިޔާގައި ލިބެން ހުންނަ މުދާ ދުނިޔޭގެ އެކި ގައުމުތަކަށް ފޯރުކޮށް ދިނުމުގެ ބޭނުމުގައި އުފެދިފައިވާ ކުންފުންޏެއް ކަމަށެވެ.

އަދި މިވަގުތުގެ މަސައްކަތްތައް ޙާއްސަ ކުރެވިފައި ވަނީ އިންޑޮނޭޝިޔާއި އިން ލިބެން ހުންނަ މުދާ ހެޔޮއަގުގައި ހޯދައި ދިނުމާއި ދިވެހިންނަށް މުދާ ފަސޭހަކަމާއި ރައްކާތެރިކަމާއި އެކުގައި ފޯރުކޮށް ދިނުމަށް ކަމުގައެވެ. ނަމަވެސް ކުރިޔަށް އޮތްތަނުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އިންޑޮނޭޝިޔާގެ މުދާ ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރެވިގެން ދާނެކަމުގައި ޔާސީން ފާހަގަ ކުރިއެވެ. ޔާސީން އިތުރަށް ބުނި ގޮތުގައި ދިވެހިންގެ އާންމު ދިރިއުޅުމުގައި ބޭނުން ކުރާ ގިނަ އަދަދެއްގެ ސާމާނު މިހާރުވެސް ލޮޓަސް ފިހާރަ، އޮލިވް ޓްރީ ފަދަ ރައްޖޭއްގެ ބައެއް މަޝްހޫރު ފިހާރަ ތަކަށް ފޯރު ކޮށްދޭ ކަމަށެވެ.

މުދާ ހެޔޮއަގުގައި ހޯދައި ދިނުމާއި، މުދާ ގަތުމާއި، ރައްކާތެރި ކަމާއި އެކުގައި ޕެކް ކުރުމާއި މުދާ ރާއްޖެ ފޮނުވެންދެން ވެއަރ ހައުސްގައި ސްޓޯރކޮށްދިނުމުގެ އިތުރުން ވައިގެ މަގުން އަދި ކަނޑުމަގުން މުދާ ރާއްޖެއަށް ފޮނުވައި ދިނުމުގެ ހިދުމަތްތައްވެސް އިންޑޯރާއްޖެއިން ފޯރުކޮށްދޭކަމުގައި ޔާސީން ބުންޔެވެ.
އިންޑޯރާއްޖެ ކުންފުންޔާއި ދުފަން ބޭނުން ކުރާ ފޯކާ ހުރި ގުޅުން!
ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ވާހަކަ ތަކާއި ގުޅިގެން ސުވާލު ކޮށްލުމުން ޔާސީން ބުނީ އިންޑޯރާއްޖެ ކުންފުނިން ފޯރު ކޮށްދޭ ފޯކަކީ ސީދާ ފާރމް އާއި ހިސާބުން މެނުފެކްޗަރިންއަދި ޕެކިންގެ ވެސް ހިމެނޭ ގޮތުން އިންޑޯރާއްޖޭގެ ޕްރޮޑަކްޓެއްކަމަށެވެ.

އަދި އިންޑޯރާއްޖެއިން ފޯރުކޮށްދޭ ފޯއް އަގުހެޔޮވުމުގެ އިތުރުން ރާއްޖޭގައި މިހާރު ދުފުމަށް ގެންގުޅޭ ފޯކާ އަޅާ ބަލައި އިރު ކޮލިޓީ އެތައްގުނައެއް ރަނގަޅުވާނެކަމަށެވެ. އަދި މިވަގުތު އިންޑޯ ރާއްޖެއިން އުފައްދާ އެތެރެ ކުރާ ފޯއް ލޮޓަސް ފިހާރައިން ވަރަށް އަވަހަށް ލިބެން ހުންނާނެ ކަމުގައިވެސް ޔާސީން ފާހަގަކުރިއެވެ.

އަދި މީގެ އިތުރުން ކިއްލި ޖަބުލާނީ ފަދަ ބާވަތްތައް ތައްޔާރު ކުރާ ފަރާތްތަކަށް ހާއްސަ ކޮށް ތައްޔާރު ކޮށްފައިވާ ފޯއްވެސް އިންޑޯރާއްޖެއިން ހެޔޮއަގުގައި ލިބޭނެ ކަމުގައި އެކުންފުނިން ހާމަ ކުރިއެވެ.

އިންޑޯ ރާއްޖެ އިން ލިބެން ހުރި ބައެއް އެހެނިހެން ތަކެތި.
ޔާސީން ބުނި ގޮތުގައި އިންޑޮނޭޝިޔާގެ ފާރމް ތަކުން ތާޒާ ކުކުޅުބިހާއި މޭވާ ތަރުކާރީގެ އިތުރުން ފިނި ކުރި އެއްގަމު މަހުގެ ބާވަތްތަކާއި އަލުވި އަދި ބިސް ފަދަ ތަކެތި އަވަސް މުއްދަތެއްގެ ތެރޭގައި ދިވެހިނަށް ހެޔޮއަގެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި މީގެ އިތުރުން ބްރޭންޑެޑް އަންނައުނާއި ކަސްޓަމައިޒްޑް އޯޑާރުތައްވެސް އެކުންފުނިން ނަގައެވެ. ހަމަ އެއާއި އެކު ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނުގެ އިތުރުން ވެސް ކެއިން ބުއިމުގެ ސާމާނާއި ގޭތެރެއަށް ބެނުންވާ މުދާ އެކުން ފުނިން ފޯރު ކޮށްދެއެވެ.
އިންޑޯރާއްޖެ ކުންފުނީގެ އަމާޒު
އިންޑޯރާއްޖެ ކުންފުނީގެ އަމާޒާއި ގުޅޭ ގޮތުން ސުވާލު ކޮށް ލުމުން އެފަރާތުން ބުނީ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ހެޔޮ އަގެއްގައި އަވަސް ކޮލިޓީ ހިދުމަތް ތަކެއް ފޯރުކޮށްދިނުން ކަމުގައެވެ. އަދި އަވަސް މުސްތަގުބަލެއްގައި ރާއްޖޭގައި ފުޅާދާއިރާއެއްގައި ފްރެއިޓްފޯވަޑިންގގެ ހިދުމަތް ދެމުންދާ ކުންފުންޏެއް ކަމުގައިވާ ރެޑް ބޮކްސް ކުންފުންޏާއި ގުޅިގެން އާޙިދުމަތްތަކެއް ފެށުމުގެ މަސައްކަތްތައްވެސް ކުރެވެމުން ދާކަމަށެވެ.

އަދި ރަމަޟާން މަހަށް ހާއްސަކޮށް ދިވެހިން ކެއުމުގައި ބެނުން ކުރާ ގިނަ އަދަދެއްގެ ތަކެތި ހެޔޮ އަގުގައި ރާއްޖެ ފޮނުވައިދިނުމުގެ މަސައްކަތްވެސް ކުރަމުން ދާކަމުގައި އެފަރާތުން ހާމަ ކުރިއެވެ. އަދި މީގެ އިތުރުން ޔާސީން ވަނީ އިންޑޮނޭޝިޔާގެ އެމްބަސީ އަދި އޮނަރަރީ ކޮންސިއުލޭޓްގެ ފަރާތުން އިންޑޯ ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކަށް ދެއްވަމުން ގެންދަވާ އެއްބާރު ލެއްވުމާއި ފަހިކޮށްދެއްވަމުން ގެންދަވާ ފުރުސަތު ތަކަށް ޝުކުރު އަދާކޮށްފަ އެވެ.

އަދި ވިޔަފާރި ފެށިގެން މިވީ ކުރު މުއްދަތުގެ ތެރޭގައި ވިޔަފާރިވެރިޔާ އަހްމަދު އާރިފް (ލޮޓަސް އާއްޓެ) އަދި އޮލިވް ޓްރީގެ ވެރިޔާ އަބްދުﷲ ޖަލީލް އިންޑޯރާއްޖެ އަށް ކުރި އިތުބާރާއި އިންޑޯރާއްޖެ ކުރިއެރުވުމަށް ދެއްވަމުން ގެންދަވާ ހިޔާލާއި އެއްބާރު ލެއްވުމަށް މި ފުރުސަތުގައި ވަރަށް ބޮޑަށް ވަނީ ޝުކުރު އަދާ ކޮށްފައެވެ. ޔާސީން އިތުރަށް ބުނިގޮތުގައި އިންޑޯރާއްޖެ މިހާ ހިސާބަށް ގެނައުމުގައި އެންމެ ބޮޑު ޝުކުރެއް ހައްގުވާ ފަރާތަކީ އެކުންފުނީގެ އެއް ހިއްސާދާރު ކަމުގައިވާ ޖައުފަރު އީސާ އާދަމް (ޖޭޖޭ) އެވެ. ޖޭޖޭގެ މޭސްތިރި ކަމުގެ ދަށުން ވެދިން އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ޔާސީން ވަނީ ޖޭޖޭއަށް ޝުކުރު އަދާކޮށްފައެވެ. ހަމަ އެއާއި އެކު ރާއްޖޭގެ ބާޒާރުގައި ވިއްކަމުންގެންދާ ފޯކުގެ އަގު ބޮޑުތަނުން ހެޔޮވެގެން ދާނެ ކަމަށްވެސް އުންމީދު ކުރާކަމުގައި އެކުންފުނިން ފާހަގަ ކުރިއެވެ. އަދި ކުރިޔަށް އޮތަނުގައި ދިވެހިންނަށް ފަސޭހަކަމާއި އެކުގައި ގިނަ ހިދުމަތްތަކެއް އިރާދަ ކުރެއްވިއްޔާ ފޯރު ކޮށްދެވިގެން ދާނެކަމުގައި ޔާސީން ފާހަގަ ކުރިއެވެ.
