މުޅި އަހަރަށް ބަހާލައިގެން އެސްޓީއޯއިން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އެސްޓީއޯ ކަލަންޑަރ ކުއިޒްގެ ޖެނުއަރީ މަހުގެ ގުރުއަތުނެގުން މިއަދު ކުރިޔަށް ގެންގޮސްފިއެވެ. އެސްޓީއޯގެ ފޭސްބުކް ޕޭޖް މެދިވެރުކޮށް ކުރިޔަށް ގެންދިޔަ ގުރުއަތު ނެގުމުގައި އިނާމު ލިބޭ ތިން ފަރާތެއް ވަނީ ހޮވާފައެވެ.
އިނާމް ލިބުނު ގޮތުގެ ތަފްސިލް.
*އެއްވަނަ އިނާމެއްގެ ގޮތުގައި ހުށައެޅިފައިވާ ފިލިޕްސް ބްރޭންޑްގެ އެކްސްޕްރެސޯ މެޝިން ލިބިފައިވަނީ 7380995 މިނަމްބަރުގެ ވެރިފަރާތަށެވެ.
*ދެވަނަ އިނާމެއްގެ ގޮތުގައި ހުށައެޅިފައިވާ ސެމްސަންގ މައިކްރޮވޭވް އަވަން ލިބިފައިވަނީ 9448699 މިނަމްބަރުގެ ވެރިފަރާތަށެވެ.
*ތިންވަނަ އިނާމެއްގެ ގޮތުގައި ހުށައެޅިފައިވާ ފިލިޕްސް ބްރޭންޑްގެ އެއަރ ފަރަޔަރ ލިބިފައިވަނީ 7445579 މިނަމްބަރުގެ ވެރިފަރާތަށެވެ.

އެސްޓީއޯއިން އިތުރަށް ބުނި ގޮތުގައި މި ކުއިޒަކީ މުޅި އަހަރަށް ބަހާލައިގެން ކުރިޔަށް ގެންދާ ކުއިޒެކެވެ. އެގޮތުން ކޮންމެ މަހަކުވެސް މި ކުއިޒްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުނެގުން ކުރިއަށް ދަނެއެވެ. މި ކުއިޒްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް https://sto.mv/Calendar މި ވެބަސައިޓް މެދުވެރިކޮށް ކުއިޒްގައި ބައިވެރި ވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.
އަދި ކޮންމެ މަހެއްގެވެސް 1 ވަނަ ދުވަހުން ފެށިގެން އެމަހެއްގެ 15 ވަނަދުވަހުގެ ރޭގަނޑު 12:00 އާއި ހަމައަށް ކުއިޒްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެ ކަމަށްވެސް އެސްޓީއޯއިން މައުލޫމާތު ދިނެވެ. އަދި ކޮންމެ މަހެއްގެ ވެސް 15ގެ ފަހުން އެމަހެއްގެ ނަސީބުވެރި ފަރާތް ހޮވައި އިނާމް ހަވާލު ކުރެވިގެން ދާނެ ކަމުގައި އެސްޓީއޯއިން ހާމަ ކުރިއެވެ.
އެސްޓީއޯގެ 2022 ވަނަ އަހަރުގެ ކަލަންޑަރު ހާއްސަ ކުރެވިފައިވާނީ ދިވެހި އަދަބިއްޔާތު ދިރުވައި އާލާ ކުރުމުގެ ގޮތުން ދިވެހި އަދަބިއްޔާތަށް ހާއްސަކުރެވިގެންނެވެ.