ސުޝާންތުގެ ވަކީލު އަދި ރަޙްމަތްތެރިޔާ ސެމުއަލް ހަކޮއިޕް ސީ. ބީ. އައި ގެ ރާޑަރަށް އަރައިފިއެވެ. ވަކީލު ސަމުއަލް އާއި މެދު ޝައްކު އުފެދިގެން މިއުޅެނީ ސުޝާންތުގެ ފޯނު ބެލުމުގެ ތެރޭގައި ފެނުނު މެސެޖްތަކެއްގައި ސެމުއަލް ސުޝާންތު ބްލެކްމެއިލް ކުރަމުން ދިޔަ ކަމަށް ފާހަގަ ކުރެވިގެންނެވެ.

ސުޝާންތުއާއި ސެމުއަލް އަރާރުންވެސް 2019 ވަނަ އަހަރުގެ ތެރޭގައި ސެމުއަލް ވަނީ އެއްރޭ ދަންވަރު 2 ޖެހިއިރު ސުޝާންތުގެ ގެއިން ނިކުމެގެން ގޮސްފައެވެ. އޭގެ ކުރިން އެއް ފަހަރަކު ސުޝާންތުވަނީ ސެމުއަލްގެ ފޯނުވެސް އަތުލާ ސުޝާންތުގެ އަތުގައި ބާއްވާފައެވެ.

ސެމުއަލް ސުޝާންތު ބްލެކްމެއިލް ކުރަމުން ދިޔައީ ކޮންކަމެއްގެ ސަބަބުން ކަން ޔަގީން ނުވިނަމަވެސް ގާނޫނީ މަސައްކަތުގައި ސެމުއަލް ސުޝާންތުއަށް ބޮޑު އޮޅުވާލުމެއް އޮޅުވާލާފައިވާކަން ވަނީ އެނގިފައެވެ. ސުޝާންތު ކުއްޔަށްނެގި ފާމް ހައުސްއެއްގެ އެގްރީމެންޓް ހެދުމުގައި ސެމުއަލް ހަދާފައިވާ ބޮޑު މަކަރެއް ވަނީ ފަޅާއަރާފައެވެ. ސުޝާންތުގެ ފާމް ހައުސް ނަގަން އެއްބަސް ވެވުނީ 26 ލައްކަ ރުޕީސްއަށް ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. ނަމަވެސް އެއް އަހަރުފަހުން ސުޝާންތުއަށް އެނގުނު ގޮތުގައި ދެ އަހަރުގެ ކުލި ނަގައިގެން ސެމުއަލް މިގޭގެ އެއްބަސްވުން ހަދާފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. މިކަން އެނގުމުން ސުޝާންތު ވަނީ ސެމުއަލް ދެކެ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.

މިކަން ހިނގާފައިވަނިކޮށް ސެމުއަލް ސުޝާންތު ބްލެކްމޭލް ކުރަމުން ދިޔަކަން އެނގުމުން ސެމުއަލް ސީ. ބީ. އައި އަށް ހާޟިރުކޮށްފާނެކަމަށް އަންނަނީ ބެލެވެމުންނެވެ.