މަސްގަންނަ އަގުތަކަށް ބަދަލުއައުމާއި ގުޅިގެން މިފްކޯގެ އުފެއްދުންތަކުގެ އަގު ބޮޑުވާނެކަމަށް ކުރިން ހަބަރު ފެތުރުނު ނަމަވެެސް ކުރިއަށް މިއޮތީ ރޯދަމަސް ކަމުން މިފްކޯގެ އުފެއްދުންތަކުގެ އަގު ބޮޑު ނުކުރުމަށް އެކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން ނެރެފައިވާ ނޫސްބާޔަނެއްގައި ބުނެފައިވަނީ މަސްވެރިން އަތުން މަސް ގަންނަ އަގު، ބޮޑުކުރާގޮތަށް ނިންމި ކަމުގައިވިޔަސް ރޯދަމަހުގެ ޕްރޮމޯޝަނާއެކު މިފްކޯގެ އުފެއްދުންތަކުގެ އަގު އެއްވަރެއްގައި ހިފަހައްޓައިގެން ކަސްޓަމަރުންނަށް ހިދުމަތްދެމުން ގެންދާނެކަމުގެ ޔަގީންކަން ކުންފުނީގެ ކަސްޓަމަރުންނަށް އަރުވާކަމަށެވެ.
އަދި އެކުންފުނިން އިތުރަށް ބުނެފައިވަނީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި ރޯދަމަހުވެސް މިފްކޯގެ އުފެއްދުންތައް ހުސްނުވެ މިފްކޯގެ ފިހާރަތަކުން ލިބެން ހުންނާނެކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް އަރުވާކަމަށެވެ.
