އެސްޓީއޯއިން ހިންގާ އަހަރުގެ ބޮޑު ސޭލް "އެސްޓީއޯ ރަމަޒާން ބަޒާރު 2022" ގެ ތެރެއިން ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަކޮށް "އެސްޓީއޯ ހޯލްސޭލް ޕްރޮމޯޝަން" ފަށައިފިއެވެ. މި ޕްރޮމޯޝަން ކުރިޔަށްދާނީ 1 މާރޗް 2022 އިން 30 އޭޕްރިލް 2022 ގެ ނިޔަލަށް އެސްޓީއޯ ހޯލްސޭލް ސެންޓަރުގައެވެ.

އެސްޓީއޯ ހޯލްސޭލް ސެންޓަރުގައި ކުރިޔައްދާ މި ޕްރޮމޯޝަންގެ ތެރެއިން ނަސީބުވެރި ތިންފަރާތެއް ހޮވައި ކޮންމެ ނަސީބުވެރިޔަކަށް ރަށު ޕިކަޕެއް ލިބިލައްވާނެެއެވެ. މީގެ އިތުރުން ކޮންމެ ހަފްތާއަކު ތިން ނަސީބުވެރިން ހޮވައި ކޮންމެ ފަރާތަކަށް 1500ރ ގެ ގިފްޓް ވައުޗާރ އެއް ލިބިލައްވާނެެއެވެ.

މި ޕްރޮމޯޝަންގެ ތެރޭގައި ކަސްޓަމަރުންނަށް ބަންޑަލް އޮފަރ ތަކެއް ލިބިގެން ދާނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ. އެގޮތުން ލިބިގެންދާ ބަންޑްލް އޮފަރ ތަކުގެ ތެރޭގައި ހިމެނެނީ:

ކްރޫގަރ

ބައްލަވައިގަންނަވާ 400ގްރާމް ކްރޫގަރ ޕާސްތާ ނުސާ ޗޮކްލެޓް ސްޕްރެޑް ގެ ކޮންމެ 2 ކާރޓަން އަކަށް 400ގްރާމް ކްރޫގަރ ޕާސްތާ ނުސާ ޑާކް ޗޮކްލެޓް ސްޕްރެޑް ކާރޓަންއެއް ހިލޭ ލިބިލައްވާނެއެވެ.  

ކްރޫގަރ ޕާސްތާ ނުސާ ޑުއޯ ސްޕްރެޑް - 400ގްރާމް ކާރޓަންއެއް ބައްލަވައިގަތުމުން ކުރޫގަރ ކޮކޯ ޕައުޑަރ 250ގްރާމް ގެ ކާރޓަން އެއް ހިލޭ ލިބިލައްވާނެއެވެ.

އަލްނޫރު

ބައްލަވައިގަންނަވާ އަލްނޫރު ހިކި ކިރު ކޮންމެ 2 ކާރޓަންއަކަށް ޑާރކް ޗޮކްލެޓް ޕާސްތާ ނުސާ 400ގްރާމް 1 ކާރޓަން ހިލޭ ލިބިލައްވާނެއެވެ.  

ޕްރޮމޯޝަން ކުރިޔަށްދާނެގޮތް:

ކޮންމެ 1000ރ އިން މަތީގެ ވިޔަފާރިއަކަށް ކޫޕަންއެއް ލިބޭނެއެވެ. މީގެ ތެރެއިން ކޮންމެ ހަފްތާއަކު ތިން ނަސީބުވެރިން ހޮވައި ކޮންމެ ފަރާތަކަށް 1500ރ ގެ ގިފްޓް ވައުޗާރ އެއް ލިބިލައްވާނެެއެވެ.

މުޅި ޕްރޮމޯޝަން ނިމުމުން ތިންނަސީބުވެރިން ހޮވައި ކޮންމެ ނަސީބުވެރިޔަކަށް ރަށު ޕިކަޕެއް ހިލޭ ލިބިލައްވާނެއެވެ.

އެސްޓީއޯ ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން މި ޕްރޮމޯޝަން ފެށިފައިވާއިރު، ކަސްޓަމަރުންގެ މެދުގައި މަގްބޫލް އެސްޓީއޯ ރަމަޒާން ބަޒާރު މިކުންފުނީގެ ހޯމް އިމްޕްރޫވްމަންޓް ފިހާރަ އަދި ރީޖަނަލް ފިހާރަ ތަކުގައި 30 އޭޕްރިލް 2022 އާއި ހަމަޔައް ކުރިއަށްދާނެއެވެ.  

އެސްޓީއޯ ސުޕަރމާޓްގައި ރަމަޒާން ބަޒާރު ސޭލް މިހިންގާ މާރޗް މަހުގައި ފެށޭނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.