ހދ. މަކުނުދޫ ނެރުމައްޗަށް ދޯންޏެއް އަރައިފިއެވެ. އެމްއެންޑީއެފް އިން ބުނީ 8 މީހުންނާއެކު ދަތުރުކުރި މި ދޯންޏަކީ ހދ. މަކުނުދޫ އިން ފުރައިގެން އެ އަތޮޅު ވައިކަރަދޫއަށް ދަތުރުކުރި ދޯންޏެއް ކަމަށެވެ. 
85 ފޫޓުގެ "ނަމޫނާ" ނަމަކަށް ކިޔާ މި ދޯނި މަކުނުދޫ ނެރު މައްޗަށް ކަމަށް އެރިކަމުގެ މަޢުލޫމާތު ލިބުނީ ރޭ 02:08 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ. އަދި އެމްއެންޑީއެފް ގެ ނޮދަން އޭރިއާ ކޯސްޓްގާރޑް ސްކޮޑްރަންއިން އެކަމުގައި ހަރަކާތްތެރިވެފައިވާ ކަމަށްވެސް ބުންޏެވެ.
ސަޕްލައި ހިފައިގެން ދަތުރު ކުރި މި ދޯނި ނެރުމައްޗަށް އަރާފައިވަނީ އެދޯނީގައި ހުރި ހިލަ، ސިމެންތި އަދި 
ދަގަނޑު ގެ ބައެއް ތަކެތި މަކުނުދޫއަށް ބޭލުމަށް ފަހު، ނުކުންނަން އުޅުމުގެ ތެރޭގައި ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ އެ ދޯނީގައި ތިބި މީހުން ވަނީ މަކުނުދޫއަށް އަރާފަ ކަމަށެވެ.