އުރީދޫން މި އަހަރުގެ ރޯދަ އަށް ހާއްސަކޮށް ކޮންމެ ދުވަހަކު ހިލޭ ޑޭޓާ ލިބޭ އޮފާއެއް ތައާރަފްކޮށްފިއެވެ.
މި އޮފާގެ ދަށުން ރަމަޟާން މަހުގެ ކޮންމެ ދުވަހަކު "އަރާ އިރާއި އެކު ހިލޭ 1ޖީބީ" ޑޭޓާ ލިބިގެންދާނެ އެވެ.
އަރާ އިރާއި އެކު ހިލޭ 1ޖީބީ! ޑޭޓާ އެކްޓިވޭޓް ކުރުމަށް:
ކޮންމެ ދުވަހަކު ފަތިހު 4 އާއި ހެނދުނު 8 އާ ދެމެދު "BONUS" ޖައްސަވާފަ 5252 އަށް އެސްއެމްއެސް ކުރެއްވުމުން ހިލޭ 1ޖީބީ ޑޭޓާ ލިބިގެންދާނެ އެވެ.
އަދި މި ޑޭޓާ އެ ދުވަހުގެ އިރުއޮއްސި 6 ޖަހަންދެން ބޭނުންކުރެވޭނެ ކަމަށް ވެސް އުރީދޫން ވަނީ ބުނެފައެވެ.
އުރީދޫގެ ޕޯސްޓްޕެއިޑްގެ އިތުރުން ޕްރީޕެއިޑް އަދި މިކްސް ކަސްޓަމަރުންނަށް ވެސް މި އޮފާގެ ދަށުން ހިލޭ ޑޭޓާ ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
