ތިން ޕިއްޒާ ގަތުމުން އެއް ޕިއްޒާ ހިލޭ ލިބޭ ޕްރޮމޯޝަނެއް ޕިއްޒާ މައްމާ މިއާއިން ފަށައިފިއެވެ.
މިމަހުގެ 13 ވަނަ ދުވަހު ޕިއްޒާ މައްމާ މިއާއިން ފެށި އެ ޕްރޮމޯޝަންގައި ބައްލަވައިގަންނަވާ ކޮންމެ ތިން ޕިއްޒާއަކާއެކު ކަސްޓަމަރުންނަށް 3 ބާވަތެއްގެ ތެރެއިން އިހްތިޔާރުކުރާ ޕިއްޒާއެއް ހިލޭ ލިބިގެންދާނެއެވެ. އެގޮތުން ހިލޭ ލިބޭ ޕިއްޒާގެ ވައްތަރުތަކުގެ ތެރޭގައި ހިމެނެނީ، މާގްރެހިޓާ، ޗިކަން މަޝްރޫމް އަދި އައިލެންޑް ފިޝާމެންއެވެ.
ގިނަ ބަޔަކު އާއިލާއާއެކު ވަގުތު ހޭދަކުރާ ދުވަސްކަމަށްވާ ހުކުރު ދުވަހަށް ހާއްސަކޮށްގެންވެސް ޕިއްޒާ މައްމާ މިއާއިން އަންނަނީ ޕްރޮމޯޝަނެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން، ހުކުރު ދުވަސްތަކުގައި ޕިއްޒާ މަމަ މިއާއިން ބައްލަވައިގަންނަވާ ކޮންމެ ޕިއްޒާއަކަށް 30 ޕަސަންޓްގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ.
ޕިއްޒާ މައްމާ މިއާއިން ޕިއްޒާގެ އެކި ބާވަތްތައް ލިބެން ހުންނައިރު، އެތަނުން ވިއްކާ ޕިއްޒާ އުޅެނީ 90ރ އިން ފެށިގެން 170ރ އާ ދެމެދުގެ އަގުތަކެއްގައިގައެވެ.
ކޮވިޑް 19 އާއި ގުޅިގެން ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ހިދުމަތްދެމުން އަންނަ ޕިއްޒާ މައްމާ މިއާގެ ޕިއްޒާގެ ރަހަތަކަކީ ކަސްޓަމަރުންގެ މަގުބޫލުކަން ހޯދާފައިވާ ރަހަތަކެކެވެ. ޕިއްޒާ އުފެއްދުމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ދިވެހި ޝެފްގެ ބެލުމުގެ ދަށުން ޕިއްޒާ މައްމާ މިއާއިން އުފައްދާ ކޮންމެ ޕިއްޒާ އަކީވެސް ތަފާތު އަދި ހާއްސަ ޕިއްޒާއެކެވެ.
ޕިއްޒާ މައްމާ މިއާގެ ޕިއްޒާއަށް އޯޑަރު ދެއްވުމަށް ގުޅުއްވާނީ 4009090 ނުވަތަ 7780550
ވިޔަފާރި
އޯޑަރ ކުރައްވާ ކޮންމެ 3 ޕިއްޒާއަކަށް ހިލޭ ޕިއްޒާއެއް!

އެހެނިހެން ލިޔުން