ދެ އަހަރުގެ މެދުކެނޑުމަކަށްފަހު، "ބައިބަލާ ޗެލެންޖް 1443" ގެ ނަމުގައި މިއަހަރުގެ މުބާރާތް ބާއްވަން ނިންމައިފިއެވެ.

ބައިބަލާ އެސޯޝިއޭޝަނުން މިދިޔަ ހުކުރު ދުވަހު ކުރި ޓުވީޓެއްގައި ވަނީ މި އަހަރުގެ މުބާރާތް ބާއްވާނެކަން އިޢްލާންކޮށްފައެވެ.

ކޮންމެ އަހަރަކު ވެސް ފިތުރު އީދާއި ގުޅުވައިގެން ބާއްވަމުން އަންނަ ބައިބަލާ މުބާރާތް، ކޮވިޑް-19ގެ ސަބަބުން މިދިޔަ ދެ އަހަރު ނުބާއްވަ އެވެ.

މިފަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ މަހުގެ ތެރޭގައި ބައިބަލާ އެސޯސިއޭޝަނުން ވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެކު މަޝްވަރާތަކެއް ބާއްވާފައެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވީ ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޑަހެންވޭރު ޔުނައިޓެޑް އިންނެވެ.

ކޮންމެ އަހަރަކު އީދާ ދިމާކޮށް ޗެމްޕިއަން ޓީމަށް ފައިސާގެ ބޮޑު އިނާމަކާއެކު ބާއްވަމުން އަންނަ ބައިބަލާ މުބާރާތަކީ ޒުވާނުންގެ މެދުގައި މަގްބޫލް ކުޅިވަރެކެވެ.