ފަންނިއްޔާތުގައި އިންސާނުން ކުރިއަރާގޮސް، ޑިޖިޓަލައިސް ވުމޭ ކިޔާ މަރުހަލާ އިންސާނުން މި ދަނީ ކަޑައްތު ކުރަމުންނެވެ. ޒަމާނުގެ ކުރި އެރުމާއި އެކު އޮންލައިންކޮށް އެތައް ކަމެއް މިދަނީ ފަހިވަމުންނެވެ. މައްކާގެ ހަރަމްފުޅުގައިވެސް އޮންލައިންކޮށް ދީނީ ސުވާލު ކުރުމާއި ޖަވާބު ލިބިގަތުމުގެ ނިޒާމުތަކެއް މިވަނީ ފަރުމާ ކޮށްފައެވެ. ހަރަމްފުޅުގެ އެކި ހިސާބު ތަކުގައި ގާއިމްކޮށްފައިވާ މި ސްޓޭންޑްތަކުގައި ވަނީ ބޮޑު ފޯނެއް ކަހަލަ ސްކްރީނެއް ހަރުކޮށްފައެވެ. އަދި އޭގައި އޮންލައިންކޮށް ވަގުތުން، ޖަވާބު ދިނުމަށް ދީނީ ޢިލްމުވެރިއަކު ބައިވެރިވެއެވެ. އުމްރާވެރީންނަށް ޢުމްރާގެ އަޅުކަމުގެ ތެރޭގައި ބޭނުން އިރަކު، ދީނީ ޢިލްމުވެރިންނާ ސުވާލުކޮށް ޖަވާބު ދިނުމުގެ ފުރުސަތު މި ތަންތަނުން ލިބެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި ހިދުމަތް މިހާތު 24 ގަޑި އިރު ލިބޭ އިރު، މިފަދަ 30 ތަނެއް ވަނީ ގާއިމުކޮށްފައެވެ. ގިނަ އުމްރާވެރިން ދަނީ މި ތަންތަނުގެ ބޭނުންކޮށް ޢިލްމުވެރިންނާއި އެތައް ސުވާލުތަކެއް ކުރަމުންނެވެ.
މިއީ ދީނީ ކަންކަން އޮޅުން ފިލުވުމަށާއި އުމްރާގެ އަޅުކަން އަދާކުރުމުގައި ހުންނަ އޮޅުންތައް ފިލުވާލުމަށް އުމްރާވެރިންނަށް ލިބުނު ވަރަށްވެސް ރަނގަޅު ފުރުސަތެކެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މިފަދަ އިންތިޒާމުތައް އަދިވެސް ގިނަ ކުރާނެއެވެ. މި އިންތިޒާމުތައް މިހެން ހަމަޖައްސަވާފައި މި ވަނީ ހައްޖުގެ އަޅުކަމަށްވެސް ތައްޔާރުވުމުގެ ގޮތުންކަމަށް ރިޕޯޓުތަކުގައި ބުނެއެވެ. މި ހިދުމަތަށް ސައުދީ ސަދުކާރުން ދީފައިވާ ނަމަކީ "ޑިޖިޓަލް ޢާލިމް ސާވިސް" އެވެ!
