ހދ.ނޮޅިވަރަމު ކައުންސިލާއި ރަށުގެ ކުލަބު ޖަމުޢިއްޔާއެއް ކަމަށްވާ "ކްލަބް ހުވާސް" ގުޅިގެން ބާއްވާ "ނޮޅިވަރަމް ކައުންސިލް ކްލަބް ހުވާސް ވޮލީބޯޅަ މުބާރާތް 2022"ގެ ފިރިހެން ޑިވިޝަންގެ މެޗުތައް މިއަދު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޖުމްލަ 04 ޓީމާއެކު މި ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ މެޗުތައް މިއަދު ހަވީރު ފަށަން ހަމަޖެހިފައިވާއިރު މުބާރާތުގައި ވާދަކުރާ 04 ޓީމަކީ "ކްލަބް ކުްލަސްޓަރ" އާއި "ކްލަސްޓަރ ޖޫނިއަރ"ގެ އިތުރުން "އެފް.ސީ އާލު" އަދި "އާރް.ސީ.ޓީ.އީ"އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކޮންމެ ދުވަހެއްގެ ހަވީރާއި ރޭގަނޑު ކުޅޭގޮތަށް ހަމަޖެހިފައިވާއިރު ހަވީރުގެ މެޗުތައް ފެށޭނީ 16:15ގައެވެ. އަދި ރޭގަނޑުގެ މެޗުތައް، 20:30ގައެވެ. 

May be an image of 3 people and people standing
ނޮޅިވަރަމް ކައުންސިލް، ކްލަބް ހުވާސް ވޮލީބޯޅަ މުބާރާތަށް "ކްލަބް ކްލަސްޓަރ"ގެ ކުޅުންތެރިންނަށް ޖާޒީ ޙަވާލުކުރުމުގެ ތެރެއިން -- ފޮޓޯ: އަޒޭ ފޮޓޯސް

އެގޮތުން މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ "އެފް.ސީ އާލު" އާއި "ކްލަސްޓަރ ޖޫނިއަރ"އެވެ. އަދި މުބާރާތުގެ ދެވަނަ މެޗުގައި މިރޭ "ކްލަބް ކްލަސްޓަރ" އާއި "އާރް.ސީ.ޓީ.އީ" ބައްދަލުކުރާއިރު ތިންވަނަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ "އެފް.ސީ އާލު" އަދި "ކްލަބް ކްލަސްޓަރ"އެވެ. މުބާރާތުގެ ހުރިހާ މެޗުތަކެއް "ނޮޅިވަރަމް ސްޕޯޓްސް"ގެ ފޭސްބުކް ޕޭޖުން ވަގުތުން ދައްކާގޮތަށް ހަމަޖެހިފައިވާއިރު މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތީރު މީޑިއާއެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަން ނިމުމަށްފަހު އަންހެން ޑިވިޝަންގެ މެޗުތައް އޮންނާނެއެވެ. ނަމަވެސް އަންހެން ޑިވިޝަންގެ މެޗުތައް ފަށާނެ ތާރީޚެއް އަދި ހާމަކޮށްފައިނުވާއިރު މުބާރާތް އިންތިޒާމުކުރާ ކޮމެޓީއިން ބުނެފައިވަނީ މުބާރާތުގެ ފިރިހެން ޑިވިޝަން ނިމުނުހާ އަވަހަކަށް އަންހެން ޑިވިޝަންގެ މެޗުތައް ފަށާނެކަމެވެ.